twitterviber whatsapp telegramfacebookyoutube instagram
12th August 2026

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން ޒުވާނުންތަކެއް ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 13, 2019
2

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 4 ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހެނދުނު ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެއްކަމަށް ފުލުހުން ހާމަކުރެ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު 06:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ޕޮލިހުން ހާމަކުރެ އެވެ.

ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް މި މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ޕޮލިހުން ހާމަކުރެ އެވެ. އަދި މިމައްސަލަ ކުޅުދުއްފުށީ ފޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355