twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބަރަބޯ އޮށުގައި ސިއްހީ އެތައް ފައިދާތަކެއް

ނަބީލާ އިސްމާޢީލް
Jun 29, 2019

ރާއްޖޭގެ ދަނޑުބިންތަކުގައިވެސް އާންމުކޮށް ހައްދާ އަދި އަޅުގަނޑުމެން ދިވެހިންގެ އާންމު ކެއުމުގައި ވެސް ހިމަނާ ބަރަބޮލާއި އޭގެ އޮށަކީ ސިއްހީ އެތަކެއް ފައިދާ ތަކުން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. ބަރަބޯ އޮށަކީ ބަރަބޮލުން ރިހަ، މަސްހުނި ފަދަ އެއްޗެހި ތައްޔާރުކުރާއިރު އާންމުކޮށް އުކާލެވޭ އެއްޗެކެވެ. ނަމަވެސް މީގެ އޮށަކީ ހަށިގަނޑަށް ފައިދާ ލިބޭ އެތައް މިނަރަލެއް އަދި ވިޓަމިނާއި ފެޓީ އެސިޑް އެކުލެވިގެންވާ ކާނާއެކެވެ.

މީގައި ހިމެނޭ މިނަރަލްތަކުގެ ތެރޭގައި މެންގަނޭސް، ފޮސްފަރަސް، މެގްނީޒިއަމް، އަދި ޒިންކު އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގެ ތަފާތު އެންޒައިމްތަކާއި ޕްރޮޓީންތައް އުފެދުމުގައި ބޭނުންވާ މިނަރަލްތަކެކެވެ. މީގެ އިތުރުން ބަރަބޯ އޮށުގައި އޮމެގާ 3 ފެޓީ އެސިޑް އެކުލެވިގެންވެއެވެ. މީގައި ހުންނަ ފޮސްފަރަސްއަކީ ހަށިގަނޑުގައި ހަކަތަ ޖެއްސުމަށް މުހިންްމު މިނަރަލެކެވެ. އަދި ކޮޕާއަކީ ލޭނާރުތަކުގެ ދުޅަހެޔޮކަމަށް މުހިންމު މިނަރަލެކެވެ.

ބަރަބޯ އޮށުގައި އެކުލެވޭ ފައިޓޯއިސްޓްރޮޖެންއަކީ މައްސަރުޖެހުން ހުއްޓޭ އުމުރުގެ މީހުން ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. މީގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. މިއޮށުގައި ހިމެނޭ ޓްރިޕްޓޮފޭނަކީ ސެރަޓޯނިން އުފައްދަން ބޭނުންކުރާ މާއްދާއެކެވެ. ސެރަޓޯނިންނަކީ ނިންޖަށް ވަރަށް މުހިންމު އެއްޗެކެވެ.

ބަރަބޯ އޮށުގައި ހިމެނޭ މެގްނީސިއަމް އަދި ނިއުޓްރިއެންޓް އަކީ ކަށިތައް ވަރުގަދަކޮށްދީ ކޮލެސްޓްރޯލް ދައްކޮށްދީ ހިތުގެ ހިނގުންރަނގަޅުވެ ހިތުގެ ދުޅަހެޔޮކަން އިތުކުރުމަށް އެހީވެދޭ އެއްޗެކެވެ. އަދި ހަކުރުބަލި ފަދަ ބަލިތަކުން ސަލާމަތް ވުމަށް މަގުފަހިވެއެވެ.

ބަރަބޯ އޮށުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ޕްރޮޓީން އާއި މޭންގްނީޒްއާއި ފައިބަރ، ޕޮޓޭޝިއަމް އަދި ފޮސްފޯރ ހިމެނެއެވެ. އަދި މީގެ އިތުރުން މި އޮށުގައި ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވަރުގަދަކޮށްދިނުމަށް މުހިއްމު މާއްދާއެއް ކަމަށްވާ ޒިންކް ހިމެނިގެންވެއެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑުގެ އެކި ހިއްސުތައް ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ސެލްތައް އުފެއްދުމަށް އިތުރު ހަލުވި ކަމެއް އައުމުން މޫޑް ގޯސް ވުމާއި ނިދަން އުނދަގޫ ވުން ފަދަ ކަންކަމުން މީހާ ދުރުކޮށްދެއެވެ. އަދި ޒިންކް އަކީ މީހާގެ ލޮލުގެ ފެނުމާއި ހަމުގެ ސިއްހަތު ރަނގަޅުކޮށްދޭ މާއްދާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355