twitterviber whatsapp telegramfacebookyoutube instagram
21st June 2026

ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 ޕަސެންޓް ނެގޭ ގޮތް ހަދަނީ

ޚަދީޖާ އާދަމް
Jun 17, 2019

ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 ޕަސެންޓް ނެގޭގޮތް ހެދުމަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރު ފަރާތުން ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލުގައި ވަނީ އެ ގާނޫނުގެ 38 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅައިފަ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

ބިލު ހުށަހެޅުމުގެ ބޭނުމެއް ގޮތުގައި ބުނެފައި ވަނީ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ މިންވަރު މިހާރަށް ވުރެ އިތުރުކޮށް، ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

މިހާރު ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355