twitterviber whatsapp telegramfacebookyoutube instagram
24th April 2024

މައި ހަބުތައް ގުޅުވާލާ ފެރީ ނިޒާމަށް ކުވެއިތު ފަންޑުން އެހީދެނީ

ޚަދީޖާ އާދަމް
Jun 17, 2019
1

ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާއިރު، އެ ސަރަހައްދުތައް ގުޅުވާލުމަށް ހަމަޖެހިފައިވާ ފެރީ ނިޒާމަށް ކުވެއިތު ފަންޑުން އެހީވާނެ ކަމަށް ބުނެފި އެވެ.

ސަރުކާރުން ތައާރަފު ކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން އެހީވާން ނިންމާފައިވަނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިން ނެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެންދިއުމަށް ސަރުކާރުން ހުށަހަޅާފައިވާ ސްޕޭޝަލް ޕްލޭން ތަންފީޒު ކުރަން ކޮންމެހެން ބޭނުންވާ ދަތުރުފަތުރުގެ ނިޒާމް ޑިޒައިން ކުރުމަށް ބޭރުގެ އެހީތެރި ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އަސާސީ ހިދުމަތްތަކާއި، ތަރައްގީ ގެނައުމަށް ގާއިމު ކުރަން ވިސްނާފައިވާ ހަބުތަކަށް އެންމެ ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށާއި ނަމަވެސް އެފަދަ ނިޒާމެއް ޑިޒައިން ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އެހީތެރި ކަމަށް އެދޭ ކަމަށެވެ.

މައިހަބުތައް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، ކުޅުދުއްފުށި، ޅ.ހިންނަވަރު، ގދ ތިނަދޫ އަދި ގަމެވެ.

ސްޕޭޝަލް ޕްލޭނުގެ ދަށުން މި ފަސް ރީޖަނަލް ހަބާއެކު އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރާނެ އެވެ. ނަމަވެސް، އެ ތަންތަނުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ޝިއާރަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބްލް މޯލްޑިވްސް" އެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ އެވެ. ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355