twitterviber whatsapp telegramfacebookyoutube instagram
20th April 2026

މަކުނުދޫ ޔޫތް މޫވްމަންޓުން އެރަށު ސްކޫލުގެ ކޮންމެ ދަރިވަރަކަށް މުސްހަފެއް ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 17, 2019

މަކުނުދޫ ޔޫތް މޫވްމަންޓްގެ ފަރާތުން އެރަށު ސްކޫލުގެ ކޮންމެ ދަރިވަރަކަށް މުސްހަފެއް ހަދިޔާކޮށްފި އެވެ.

މުސްހަފު ހަދިޔާކުރުމަށް މިއަދު ބޭއްވި ހަފުލާގައި މުސްހަފު ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސް އަޝްފާގު އާދަމެވެ. ސްކޫލުގެ ފަރާތުން މުސްހަފުތަކާ ހަވާލުވެލެއްވީ ޕްރިންސިޕަލް މުހައްމަދު ލުތުފީ އެވެ.

އެ ޖަމިއްޔާއިން މައުލޫމާތުދޭގޮތުގައި އެފަރާތުން ސްކޫލާ ހަވާލުކުރި މުސްހަފުތަކަކީ ސްކޫލުގެ ކޮންމެ ދަރިވަރަކަށް މުސްހަފެއް ދިނުމަށް ނިންމާ ސްކޫލާ ހަވާލުކުރި މުސްހަފުތަކެކެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންނަށް މިފަދަ ފުރުސަތެއް ހޯދައި ދެއްވިކަމަށްޓަކާ އެޖަމިއްޔާއަށް ޝުކުރުއަދާކުރާ ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ސްކޫލާއި އެޖަމިއްޔާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

" މިގޮތަށް ރޭވޭ ޕްރޮގުރާމުތަކުގައި ދަރިވަރުންނަށް ފައިދާ ހުރި ކަންތައްތަކެއް ޖަމިއްޔާ މެދުވެރިވެގެން ކޮށްދޭނެކަމަށް އުންމީދުކުރަން" ލުތުފީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355