twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT
ކުޅުދުއްފުށީ އެއާޕޯޓް

ރާއްޖެއަށް މިހާރު އިތުރަށް ބޭނުންވަނީ ފަސް އެއާޕޯޓް: ފައްޔާޒު

އިބްރާހިމް ހަމީދު
Jun 17, 2019
4

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ދެވޭނެ އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އިތުރަށް ބޭނުންވަނީ ފަސްވަރަކަށް އެއާޕޯޓްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ މިއަދު ކުރުބާ މޯލްޑިވްސް ގައި ކުރިއަށްދިޔަ ޕާޓްނާޟިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ރަގަޅު ކުރަންޖެހިފައިވާކަމަށެވެ. ރައްޔިތުން އެއްތަނަށް އަނެއްތަނަށް ދާން ބޮޑުހޭދައެއް ކުރަންޖެހިފައިވާއިރު މިސަރުކާރުގެ ވިސްނުމަކީ ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ފެރީގެ ހިދުމަތުގެ އިތުރުން ކޮންމެ ރަށަކުންވެސް ވިހި މިނިޓުން ދެވޭނެގޮތަށް އެއާޕޯޓްތައްވެސް ތަރައްޤީ ކުރުންކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އެއާޕޯޓްތައް ތަރައްޤީ ކުރަމުންދާ ކަމަށާއި އެގޮތުންބައެއް އެއާޕޯޓްތަކުގެ މަސައްކަތް ނިމެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފައްސޭހަކަމާއިއެކު ދެވޭނެ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އިތުރަށް ބޭނުންވަނީ ފަސްވަރަކަށް އެއާޕޯޓް." މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

އިތުރަށް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކާއި ވެސް ކައިރިން އެއާޕޯޓެއް ހެދުމުގެ މަސައްކަތް މިސަރުކާރުގެ ފަސްއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމިން ސަރުކާރުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔަ އިރު އޭރުގެ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ދިޔައީ ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔަމުންނެވެ. އެހެންނަމަވެސް މިއަދު މިވަނީ މަންޒަރު ބަދަލުވެ މިސަރުކާރުންވެސް މިވަނީ ދަތުރުފަތުރަށް އެއާޕޯޓްގެ މުހިއްމުކަން ފާހަގަ ކުރައްވާ ރާއްޖޭގޭ ކޮންމެ ރަށަކުން ވިހިމިނެޓުން ފުރައިގެން ދެވޭނެ އެއާޕޯޓްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ނަން
ކޮމެންޓް
ޞޯދުބެ
ސަޒަން ތިބުނާ ހަނިމާދޫގެ ޖެޓީ ހަދާފައޮތް ސިފަ ބަލާލަބަލަ. ކިތައް މީހުންނަށްތޯ އެތަނުން އަނިޔާވީ،.. ކިތައް ލޯންޗް އަށްތޯ އެތަނުން ގެއްލުންވީ، ކިތައް ބަލިމީހުންތޯ ގަދަކަނޑު ހުރަސްކޮށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އައިސް އަނެއްކަ އެ ގަދަކަނޑުގަޔާ ހަނިމާދޫގެ އެޔޮށްއުނދަގު ފަޅުގަ ގަނަތެޅިފަ މާލެގެންދަނީ،
ޞޯދުބެ
ކޮބައިތޯ އިބޫ ކެމްޕެއިންގަ މަކުނުދޫގަ އަޅައިދޭން ބުނި އެއާޕޯޓް
ޞޯދުބެ
ސަޒަން... ހަޖަމް ޕްލީޒް...
ސަޒަން
ހަމީދުގެ ވާހަކައިން އޮޅުންއަރާ އެބަ ކުރީގައިވެސް އެއަރޕޯރޓް އަލައިގެން ޖޯކެއްނުޖަހާ އެކަމަކު ވިސްނާލަބަލަ ހަނިމާދޫއިން ފުފައިގެން ކުޅުދުެްފުއްޓައް ދިއުމައް 15 ވަރަކަށް މިނެޓްވެސް ނުނަގާ ނިކަން ވިސްނާލަބަލަ ކުރޫއަށް ސޭފްޓީ ބްރީފިންގ ވެސް ނިއްމާނުލެވޭ އެޖެއްސީ އެހާކައިރީގައި އެޅުމައްވުރެ ހަނިމާދޫ އަށް ދެވޭނޭ ފެރީ ގެ އަގު ކުޑަކުރީމާ މާފައިދާވާނެވާހަކަ ދެއްކީ އެކަމް ކުޅުދުއްފުށީ މީހުނައް ކަމުދާނެ ހަމައެފަސަގަނޑުގައި އެއަރޕޯރޓްއެއް އޮތުމުން ... އެކަމް މަބުނާނީ އަދި ފެންނާނޭ ކުޅުދުއްފުށީމީހުނައް އެއަރޕޯރޓް އޮވެގެން އުދަގޫވާދުވަސް އަންނާކަށް ލަހެއްނުވާނެ.... މަވެސްމީ ހަމަ ތިލަދުއްމައްޗައް އުފަން އެދާއިރާގައި އަށާރައަހަރު އުޅުމުގެ ނަސީބުލިބި ހަނިމާދޫގައިވެސް އެތައްފަހަރަކު ޑިއުޓީ އަދާކުރިމީމެއް!
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com