twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުއްޓަށާއި ފުވައްމުލަކަށް ކުނިއަންދާ މެޝިން ފޮނުވުން ލަސްވާ ސަބަބު މިނިސްޓަރު ހާމަކޮށްދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Jun 17, 2019
1

ކުޅުދުއްފުއްޓަށާއި ފުވައްމުލަކު ސިޓީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އެރަށްރަށަށް ފޮނުވަން ހަމަޖެހިފައިވާ ކުނިއަންދާ މެޝިން(އިންސިނޭޓަރު) ނުގެންދެވި ލަސްވާ ސަބަބުން އެންވަރަޔަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހާމަކޮށްދެއްވައިފި އެވެ.

އެންވަރަޔަމަންޓް މިނިސްޓަރު ކުޅުދުއްފުއްޓަށް މިއަހަރުގެ ފެބުރުއަރީމަހު ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ކުނިކޮއްޓަށް ވަޑައިގެން އެތަނުގެ ހާލަތު ފެނިވަޑައިގަތް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުއްޓަށް އެންމެ ޒަމާނީ ފެންވަރުގެ އިންސިނޭޓަރެއް ފޮނުވާނެ ކަމަށެވެ.

އެކަމަކު އިންސިނޭޓަރު ލަސްވެ، ކުނީގެ މައްސަލަ ހައްލުވުން ލަސްވަމުންދާތީ އެކަމާ ގުޅިގެން މިނޫހުގައި މިއަދު ޖެހި ރިޕޯޓެއްގައި، ކިޔުންތެރިޔަކު މިނިސްޓަރު ޓެގްކުރައްވައި ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ލިޔުއްވާފައިވަނީ ކުޅުދުއްފުއްޓަށާއި ފުވައްމުލަށް ސިޓީއަށް ގެންދާ ކުނިއަންދާ ދެ މެޝިން އެރަށްރަށަށް ގެންގޮސް، އެ ރަށްރަށުގައި ބަހައްޓާދޭނެ ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތިލީ އެންމެ ދެ ފަރާތުން ކަމަށެވެ.

އެންވަރަޔަމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު އިތުރަށް އެ ޕޯސްޓުގައި ލިޔުއްވާފައިވަނީ އެންމެ ދެ ފަރާތުން ކުރިމަތިލުމުން މާލީ ގަވައިދުގެ ދަށުން އަލުން އިއުލާންކުރަން ޖެހޭތީ އަނެއްކާ މިހާރު ވާނީ ކޮންޓްރެކްޓަރެއް ހޯދަން އަލުން އިއުލާންކޮށްފަ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު އެދުވަހު ވިދާޅުވެފައިވަނީ މި އިންސިނަރޭޓަރަކީ އެއްވެސް ވަރަކަށް ދުންނާރާ އެންމެ ޒަމާނީ މެޝިނެއް ކަމަށެވެ. މެޝިން ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދެއްވާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު ސިއްހީ މައްސަލައެކެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަބަދުމެ ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355