twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދުވަސްވީ މީހުންގެ އިނާޔަތް 10،000ރ އަށް ބޮޑު ކުރުމަށް ހުށައަޅައިފި

Jun 19, 2019
2

އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް 10،000 ރުފިޔާއަށް ބޮޑުކުރުމަށް މަޖިލީހަށް ހުށައަޅައިފި އެވެ.

އިނާޔަތް ބޮޑު ކުރުމަށް މަޖިލީހަށް ހުށައެޅީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އިއްޔެ މަޖިލިހަށް ފޮނުއްވި މައްސަލާގައި ޖާބިރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތުގެ އިތުރުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ ފައިސާގެ އެހީ އާއި މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓާ މީހުންނަށް އިނާޔަތް ދޭން ވެސް ހުށައަޅާފަ އެވެ.

މި މައްސަލަ ހުށައެޅުއްވީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ބައެއް ދާއިރާތަކަށް ދެމުން އަންނަ ފައިސާގެ އެހީގެ މިންވަރު ބަދަލުކުރީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ޖާބިރު ހުށައެޅުއްވި މައްސަލައިގައި ވެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއި ފުދުންތެރިކަމާ އެކު މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށް ހަދައި އެ މީހުންނަށް ހުރިހާ މާނައެއްގައި ވެސް އުފާވެރި މުޖުތުމައުއެއްގައި ބިނާކުރުން އެހީތެރިވެ ދިނުމަށް ބޭނުންވާތީ މައްސަލަ ހުށަހެޅުއްވީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެގޮތުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް ދޭން ހުށަހެޅީ 7،500ރ. އެވެ. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިހާރު ދެމުން އަންނަނީ 2،000ރ. އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަޖެޓުން ކޮންމެ މަހަކު 5،000ރ. ގެ އިނާޠަތެއް ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355