twitterviber whatsapp telegramfacebookyoutube instagram
25th May 2025

"ކަސްޓަމްސް ޖާރނަލް" ޗާޕްކޮށްގެން ނެރެން ފަށައިފި

Jun 19, 2019

ކަސްޓަމްސްގައި ހިނގާ ކަންތައްތަކާއި މުދާ ކްލިއަރކުރުމާއި ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް ކުރެވެމުންދާ ކަންތައްތަކާއި ގަވާއިދު ތަކާއި އުސޫލުތަކަށް އަންނަމުންދާ ބަދަލުތައް ހިމެނޭގޮތަށް އޮންލައިން މަޖައްލާއެއްގެގޮތުގައި ޝާޢިއުކުރަމުން އަންނަ "ކަސްޓަމްސްގެ ޖާރނަލް" ޗާޕްކޮށްގެން ނެރެންފަށައިފިއެވެ.

މިއީ، ކަސްޓަމްސްގައި ހިނގާފައިވާ މުހިންމު ކަންކަމުގެ ހަބަރުތަކާއި މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފޯރުކޮށްދެވުނު ތަމްރީން ފުރުސަތުތަކުގެ މައުލޫމާތާއި މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާގުޅޭ އުސޫލުތަކާއި ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއި ތަފާސް ހިސާބާއި ކަސްޓަމްސް މުވައްޒަފުންނަށް ހިންގޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އަދި މިނޫނަސް ކަސްޓަމްސްއާ ގުޅުންހުރި ތަފާތު މައުލޫމާތު ވީހާވެސް ފުޅާދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ނެރެވޭ މަޖައްލާއެކެވެ.

1990 އާއި 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި "ގޭޓް ކީޕާރ" ގެ ނަމުގައި ޗާޕްކޮށްގެން ނެރެމުންދިޔަ މަޖައްލާ "ކަސްޓަމްސް ޖާރނަލް" ގެނަމަށް ރީބްރޭންޑްކޮށް އޮންލައިން މަޖައްލާއެއްގެގޮތުގައި ނެރެންފަށާފައިވަނީ 2004 ހާތާނގައެވެ. އަދި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޗާޕްކޮށްގެން ނެރެފައިމިވަނީ މި މަޖައްލާގެ 187 ވަނަ އަދަދެވެ.

މިއީ ފަހުގެ ތާރީޚެއްގައި މަޖައްލާ ޗާޕްކޮށްގެން ނެރެވޭ ފުރަތަމަ ފަހަރުކަމަށްވާތީވެ މިއަދަދުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޞިލް އަހްމަދު ނުއުމާނުގެ ހާއްސަ ލިޔުއްވުމެއް ހިމެނިފައިވާނެއެވެ.

އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންތެރި މައުލޫމާތުތަކާއެކު ޗާޕްކުރެވުނު މަޖައްލާގެ ކޮޕީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އޮފީސްތަކަށް މިއަދު ވަނީ ފޮނުވަންފަށާފައެވެ. އަދި މި މަޖައްލާ ކަސްޓަމްސް ވެބްސައިޓް ފޭސްބުކް އަދި ޓްވިޓާގައި ޝާއިއުކުރެވިފައިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355