twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޑިޒާސްޓަރގެ އިސް ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގެން މުވައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 19, 2019

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސް ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގެން ކަމާ ގުޅުން ހުރި މުވައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިއަދު މެންދުރުފަހު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން އާއި އެމްއެންޑީއެޕްގެ ނޮރަދ ރީޖަންގެ ކޮމާންޓަރުގެ އިތުރުން އެ އެތޯރިޓީގެ ބައެއް އިސް ބޭފުޅުންނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އާއި ގުޅުން ހުރި މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރެވި ހިޔާލު ބަދަލުކުރެވިގެންގޮސްފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި އުދައެރުމާއި ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. އަދި އެފަދަ ހާދިސާތަކަށް އިޖާބަ ދިނުމާއި ދުރާލައި ތައްޔާރުބުމުގައި ކައުންސިލްތަކުގެ ދައުރާއި ރަށްރަށުގެ ހުރި ގާބިލިއްޔަތުތައް ދެނެގަތުން ހިމެނެ އެވެ.

އެފަދަ ކަންކަން ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރެވި ހިޔާލު ބަދަލުކޮށްފަ އެވެ. މި ބައްދަލުމުގައި ކުޅުދުއްފުއްޓަށް ގެނެސްފައިވާ ތަރައްގީގެ ބައެއް ޕްރޮޖެކްޓްތަކުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައްވެސް މިފަހުން ހިނގާފައިވާކަން ޑިޒާސްޓާރގެ ސީއީއޯ ހިސާން ފާހަގަކުރެއްވި އެވެ.

އެގޮތުން މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެއާޕޯޓް މަޝްރޫއު އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށީގައި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފަސްޓް ރެސްޕޮންޑަރސްއަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކުގެ މައްޗަށްވެސް އަލިއަޅުވާލައި ވާހަކަދައްކާފަ އެވެ. އެގޮތުން ކަމާގުޅުން ހުރި މުވައްސަސާތަކުގައި އެކަށީގެންވާ އިންސާނީ ވަސީލަތާއި އެހެން ކަހަލަ ވަސީލަތްތައްވެސް ނެތްކަން ފާހަގަކުރި އެވެ.

ޑިޒާސްޓަރގެ ޓީމް ކުޅުދުއްފުށިން ފުރުން ހަމަޖެހިފައިވަނީ މާދަމާ އެވެ. ޑިޒާސްޓަރގެ މިދަތުރުގައި ކުޅުދުއްފުށީގެ އިތުރުން ހދ އަދި ނ، އަދި ރ އަތޮޅުގެ ބައެއް ރަށްތަކަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355