ދަރިވަރުންނަކީ ޤާބިލް ހުނަރުވެރި އަދި ގައުމުއާރާސްތުރުމުގެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކަށް ވެގެންދާނީ ސަރުކާރުން ދަރިވަރުންނަށްދޭ ސްކޮލަޝިޕްތަކުގެ މަގްސަދު ހާސިލްވެގެން ކަމަށް ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2018 ވަނަ އަހަރު ޖީސީއީ އޭލެވެލް ކާމިޔާބީ ފާހަގަކުރުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި އިއްޔެ ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުން އެދޭފަދަ ކުރިއެރުން ހާސިލުކުރުމަށްޓަކައި ފުރުތަމަ ކުރަންޖެހޭ ކަމަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް ޖީލެއް ބިނާކުރުންކަމަށާއި އެގޮތުން މިސަރުކާރުގެ ތައުލީމީ ސިޔާސަތު އަމާޒުކުރެވިފައިވާނީ މިމިސްރާބަށް ކަމަށެވެ.
"މީގެ ކުރީން ރައީސްގެ އެވޯޑް ލިބޭ ކުދީން ކިޔަވަންޖެހެނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން ކަމަށާއި މިހާރުވާނީ އެއުސޫލު ބަދަލުކުރައްވާފަ އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް އެކުދިން ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދަރިވަރުންނަކީ ޤާބިލް ހުނަރުވެރި އަދި ގައުމުއާރާސްތުރުމުގެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކަށް ވެގެންދާނީ ސަރުކާރުން ދަރިވަރުންނަށްދޭ ސްކޮލަޝިޕްތަކުގެ ހަގީގީ މަގްސަދު ހާސިލުވެގެންކަމަށެވެ. ދަރިވަރުންނަކީ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރިކަމުގައި ވިއަސް ދިވެހި ގައުމަށް ހިދުމަތް ކޮށްދިނުމަކީ ކޮންމެ ދަރިވަރެއްގެ ވާޖިބެއްގޮތުގައި ހެދުމަށާއި އަދި ކޮންމެ ދަރިއަކީ މިޤައުމަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާ ކުއްޖެއްކަމާއި އަންނަން އޮތް ޖީލަށް މިގައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަދަރިވަރުންކަމަށް ރައީސް ވިދާޅުވި އެވެ.
"ހައިއެޗީވަރސް ސްކޮލަޟިޕްގެ އުސޫލުތަކަށް މީގެ ކުރީން ހައިއެޗީވާރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ގައުމުތަކަކުން ނަމަވެސް މިހާރު މިވަނީ އެއުސޫލު ބަދަލުކުރައްވާ ސަރުކާރުން ހަމަޖައްސާފައިވާނީ އޯއީސީޑީ ޤައުމުތަކުން ވެސް އެދަރިވަރުންނަށް ކިޔެވޭގޮތަށް." ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މިއަހަރު މިގެނައި ބަދަލާއިގުޅިގެން ހައިއެޗީވަރސް ސްކޮލަރޝިޕްތައް ހާސިލުކުރާ ދަރިވަރުންނަށް އިތުރު 36 ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އޭގެތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އާއި އޭސިޔާގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ލިބިގެންދާނެ މިގެނެވުނު ދެބަދަލަކީ ޒުވާނުންގެ ޖީލު ބިނާ ކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވި އެވެ.