twitterviber whatsapp telegramfacebookyoutube instagram
12th December 2019

ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން ޑރ. ހުސެއިން ދެއްކެވި ވާހަކަފުޅާ މެދު ހިތްހަމަޖެހިވަޑައިނުގަތް، ޔާސިރު ފާޑުވިދާޅުވެއްޖެ

• ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓްތަކުގައި ދޫނި އުޅޭ، އެއީ އޮޕަރޭޝަނައަށް އޮތް ހުރަހެއް ނޫން
• އެއާޕޯޓްގެ ހިދުމަތް ފެށުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން
• ބޮޑު އީދަށް އެއާޕޯޓްގެ އޮޕަރޭޝަންތައް ފެށުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވި

އިބްރާހިމް ހަމީދު
Jun 21, 2019
15

ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ދެއްކެވި ވާހަކަފުޅާ މެދު ހިތްހަމަޖެހިވަޑައިނުގަތް، ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު ޔާސިރު އަބުދުލް ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

ކައުންސިލާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޑރ.ހުސެއިން ރަޝީދު ވިދާޅުވީ އެއާޕޯޓް ކައިރީގައި ދެ ފެންގަނޑު އޮތުމުގެ ސަބަބުން ގިނަ އަދަދަކަށް ދޫނި ޖައްސާ ކަމަށާއި އެހެންވުމުން އެއީ ބޯޓް ޖައްސާއިރު ރައްކާތެރިކަމެއް ނޫންކަމަށް ސިވިލް އޭވިޝަނުން އެންވަޔަރަމަންޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ބާރޑް ސްޓްރައިކްގެ ހާދިސާއެއް ހިނގާދާނެ ކަމަށެވެ. މިނިސްޓަރު ޑރ ހުސެއިން ވިދާޅުވީ އެހެންވުމުން ކައުންސިލުން ސިވިލް އޭވިޝަނާ ބައްދަލުކޮށް ވަކިގޮތެއް ނިންމާ ދިނުމަށެވެ.

މިކަމާ ގުޅިގެން ކޭއޯއަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޕީ ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ ދުނިޔޭގައި ހުރިހާ ގައުމުތަކެއްގެ އެއާޕޯޓްތަކުގައި ދޫނި އުޅޭ ކަމަށާއި އެއީ އެއާޕޯޓް އޮޕަރޭޝަނަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓާއި ކައްދޫ އެއާޕޯޓްގައިވެސް ގިނަ އަދަދެއްގެ ދޫނި އުޅޭ ކަމަށެވެ.

ޑރ ހުސެއިން ރަޝީދުގެ ދެއްކެވި ވާހަކަފުޅާ މެދު ކަންބޮޑުވުންފާޅުކުރައްވަމުން ޔާސިރު ވިދާޅުވީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް އިތުބާރު ގެއްލުވާނުލެއްވުމަށް ގޮވާލެއްވި އެވެ. ރައްޔިތުންގެ ރުޅި ނޭރުވުމާއި ގުނބޯ ހެދުމަށް މަސައްކަތް ނުކުރުމަށް ޔާސިރު ވަނީ މިނިސްޓަރަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން އެމްޕީ ޔާސިރުވަނީ މިމައްސަލާގައި ހިތްހަމަނުޖެހުންފާޅުކޮށް ޓްވީޓްވެސް ކުރައްވާފަ އެވެ. އެގޮތުން ކުޅުދުއްފުށީ އެއާޕޯޓްގެ މައްސަލައިގައި އޭވިއޭޝަނުން އެ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓިއާއި ބެހޭގޮތުން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ޑރ ހުސެއިން ރަޝީދު ދެއްކެވި ވާހަކަފުޅު ކުޅުދުއްފުށީ އޮންލައިނުން ގެނެސްދީފަވާ ޙަބަރަށް ޓެގްކޮށް ޔާސިރުކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޑރ.ހުސެއިން ރަޝީދަށް މަސްއޫލިއްޔަތު އަދާނުކުރެވޭނެ ނަމަ އިސްތިއުފާ ދެއްވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އިތުރަށް ވިދާޅުވެފައިވަނީ ދޫނިނިދަން އަރާ އުސޫލުން ކުޅުދުއްފުއްޓަށް ވަޑައިގެން ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށެވެ. ޔާސިރު އިޝާރާތްކުރައްވާފައިއެވަނީ މިނިސްޓަރު ކުޅުދުއްފުއްޓަށް މި ފަހަރު ވަޑައިގަންނަވާފައިމިވަނީ ހދ ގެ އެހެން ދެ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިނިސްޓަރު ކުޅުދުއްފުށީގައި ހުންނަވަނީ ހަމައެކަނި ރޭގަނޑުކަމަށްވާތީ އެވެ.
އަދި ދެނެއް ގުނބޯއެއް ނުހެއްދެނޭކަމަށާއި މަނިކުފާނަށް ނުވާނަމަ އިސްތިއުފާދިނުމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ ޔާސިރު އަބްދުއްލަތީފްގެ ޓްވީޓްގައި ވިދާޅުވެފަ އެވެ. ޓްވީޓްގައި އެމްޕީ ޔާސިރު ވިދާޅުވެފައިވަނީ މިއަދު ވާނުވާ އަޅުގަނޑުމެންނަށް އެނގޭކަމަށެވެ.

އެމްޕީ ޔާސިރު ކޭއޯއަށް ވިދާޅުވީ ރައްޔިތުން މާޔޫސް ނުވުމުށާއި ކެތްތެރިކަމާއިއެކު ތިބުމަށެވެ. އިރާދަ ކުރެއްވިއްޔާ އެއާޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ލިބެންޖެހޭނެކަމަށާއި ރައްޔިތުން އެހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ.

"ރޭގެ ވަގުތެއްގައިވެސް ދިވެހިރާއްޖޭ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާ ބައްދަލުކޮށް އެއާޕޯޓްގެ ވާހަކަދެއްކުމުން ރައީސް ވިދާޅުވި ބޮޑުއީދަށް އެއާޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް." ކުޅުދުއްފުށީ އުތުރުދާއިރާގެ އެމްޕީ ޔާސިރު އަބްދުއްލަތީފް ވިދާޅުވި އެވެ.

އެމްޕީ ޔާސިރު އިތުރަށް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓަރު ވައުދުވި އެއްވެސް ކަމެއް އަދި މިހާތަނަށް ކުޅުދުއްފުއްޓަށް ކޮށްނުދޭކަމަށާއި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ޖުލައިމަހު ހިދުމަތްދޭން ސަރުކާރުން ތައްޔާރުވަމުންދާއިރު ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން އެމިންސްޓްރީއަށް އޭވިއޭޝަނުން އައިސް އޮތް ސިޓިއަކާއިބެހޭގޮތުން ކައުންސިލާއި ވާހަކަ ދައްކަން ނުޖެހޭކަމަށެވެ.

"އެކަންކަމަކީ ސަރުކާރުގެ ތެރެއިން ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަންތައް ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެއާޕޯޓްގެ ހިދުމަތްދޭން ތައްޔާރުވަމުންދާއިރު ރައްޔިތުންގެ ތެރޭގައި އެފާޑުގެ ވާހަކަ ދައްކާކަށް ނުޖެހޭ. އަޅުގަނޑުމެން މަޑުން ނުތިބޭނަން މިދަނީ ރައީސާއެކު މަޝްވަރާކުރަމުން. އެ މިންސްޓްރީއަށް އެސިޓީއާ ބެހޭގޮތުން ހުށައަޅާފައިވާ ކަންކަން ހައްލުކުރަންނޭނގެންޔާ އަވަހަށް މިނިސްޓަރު އިސްތިއުފާދެއްވާ." އެމްޕީ ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355