twitterviber whatsapp telegramfacebookyoutube instagram
8th November 2026

ފަނޑިޔާރުންގެ ވަފުދަކުން އުތުރު ގޮފީގެ ޝަރީއަތްތައް ހިންގަން މާދަމާ ފަށަނީ

އަބްދުލް ވާހިދު ޙަސަން
Jun 21, 2019

ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި، މާދަމާއިން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރުޢީ ވަފުދަކުން މަސައްކަތް ކުރައްވާނެ އެވެ.

މި ވަފުދުން، މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި މަސައްކަތް ކުރައްވާނެކަމަށް ހައިކޯޓުންވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީގައި ގާއިމުކުރެވިފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި، މާދަމާއިން ފެށިގެން މަސައްކަތް ކުރައްވާ ޝަރުޢީ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން، ފަނޑިޔާރު އަލްއުސްތާޒް މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަލްއުސްތާޒް މުޙައްމަދު ފައިސަލް އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޒާ މަރްޔަމް ޚޫރުޝީދާވެސް އުތުރު ގޮފީގައި މާދަމާއިން ފެށިގެން މަސައްކަތް ކުރައްވާނެ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައިވެސް ޝަރުޢީ ވަފުދަކުން މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293