twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

Jun 21, 2019

ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. ގްރީން ކްލައިމެޓް ފަންޑުގެ (ޖީސީއެފް) ހިލޭ އެހީގައި ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މި މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑާ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުުކުރީ މިދިޔަ ނޮވެމްބަރު މަހު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫއަށް 31,846,106.82ރ. ގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.

މި މަޝްރޫއުގެ ދަށުން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ގޭބިސީތަކަށާއި އެހެން އިމާރާތްތަކަށް ފެން މީޓަރު ގުޅައިދޭނެ އެވެ. އަދި ފެން ރައްކާކުރާނެ ޓޭންކާއި ފެން ސާފުކުރާނެ ޕްލާންޓަކާއި އެ ތަން ހިންގަން ބޭނުންވާނެ ލެބޯޓަރީ އާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާނެ އޮފީސް ވެސް އެ ކުންފުނިން އެ ރަށުގައި އަޅާނެ އެވެ.

ހދ. ނޮޅިވަރަންފަރު ކަރަންޓުގެ މައްސަލައިގެ އިތުރުން އެ ރަށުގެ ކުންޏާއި، ނަރުދަމާގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެކަމަށް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ގްރީން ކްލައިމެޓް ފަންޑުން 31 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން 350 ކިއުބިކް މީޓަރުގެ ފެންރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމުކުރާއިރު، މި ޕްރޮޖެކްޓް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355