twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއާޕޯޓްގެ ހިދުމަތް ފެށުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން: ކުޅުދުއްފުށީ ކައުންސިލް

• އެއާޕޯޓްގެ ހިދުމަތް ދިނުމަށް ހުރި ހުރަސްތައް ނައްތާލާނަން

އިބްރާހިމް ހަމީދު
Jun 22, 2019
7

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފެށުމަށް ޖެހުނު ހުރިހާ މަސައްކަތެއް މީގެ ކުރިންވެސް ކޮށްފައިވާނެކަމަށާއި އަދިވެސް ކުރާނެކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓާބެހޭގޮތުން އެންވަޔަރުމެންޓް މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުނންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ސަރުކާރުން ބޮޑު ހަރަދެއްކޮށް މިމަސައްކަތް ކޮށްފަ އެއޮތީ ބޭކާރު ކަމެއްގެ ގޮތުގައެއް ނޫން ކަމަށާއި އެއާޕޯޓެއް އެޅުމަކީ ރައްޔިތުން ނުހަނު ބޭނުންވާކަމެއް އެހެންވީމާ އެއާޕޯޓް ހިދުމަތް ނުދެވުމަކީ މިކައުންސިލުން އެދޭ ގޮތެއް ނޫންކަމަށް ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

"އެއާޕޯޓްގެ ހިދުމަތް އަވަސް ކުރުމަށްޓަކައި އަޅުގަނޑުމެންވާނީ ރައިސުލްޖުމްހުރިއްޔާއާއި އޭވިއޭޝަނާއި އަދި ރީޖަނަލް އެއާޕޯޓާވެސް ބައްދަލުކޮށްފައި، މަސައްކަތްތައް އަވަސް ކޮށްދިނުމަށްވާނީ އެދިފަ." ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުން މިވީހާތަނަށް ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތައް އަވަސް ކުރުމަށް ކުރި މަސައްކަތްތައް ކަމަށާއި އެއާޕޯޓްގެ ހިދުމަތް ނުދެވޭނެ އެއްވެސް ސަބަބެއްވާނަމަ އެސަބަބެއް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ.

ރައީސް އަބްދުއްލަތީފް ވިދާޅުވީ އެއާޕޯޓްގެ ހިދުމަތް ދިނުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ. އެއީ އެ ސަބަބަކީ ދޫނިކަމުގައި ވިޔަސް ނުވަތަ އަދި އެއީ ކުޅިކަމުގައިވިޔަސް، އެ އޮތް ހުރަހެއް ނައްތާލުމަށް ކައުންސިލުން ތިބީ ތައްޔާރަށް ކަމަށެވެ.

"ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ފަރާތުން ކުރީ ދުވަހުގެ ރޭ އަޅުގަނޑަށް އެނގިގެންދިޔައީ ކުޅުދުއްފުށީގެ ތަރައްޤީއަށް ގިނަ ކަންކަން ހުރިކަމަށާއި އެއާޕޯޓްގެ ހިދުމަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެކަމަށް ރައިސުލް ޖުމްހުރިއްޔާ ވިދާޅުވެފައިވާކަމަށް." ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

ބުރާސްފަތިދުވަހުގެ ރޭ ކުޅުދުއްފުށީ ކައުންސިލާއެކު ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވީ، އެއާޕޯޓް ކައިރީގައި ގިނަ އަދަދަކަށް ދޫނި ޖައްސާނެތީ އެއީ ސިވިލްއޭވިއޭޝަންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ބާރޑް ސްޓްރައިކްގެ ހާދިސާއެއް ދިމާވެދާނެކަމުގެ ކަންބޮޑުވުންފާޅުކުރައްވައި އޭވިއޭޝަނުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355