twitterviber whatsapp telegramfacebookyoutube instagram
26th April 2024

މީތި ސަޅި، 10 ޒުވާނަކު ރާޅުގުޑީގައި ކުޅުދުއްފުށިން ފުނަދުއަށް

• މިއީ 34 މޭލުގެ ދިގު ދަތުރެއް
• މި ހަރަކާތުގައި ބ އަތޮޅުގެ ކައިޓްސާރަފަރުންވެސް ބައިވެރިވޭ
• މިހަރަކާތްތަށް ދީފައިވާ ނަމަކީ "ގަމީސް ވައި ދަށަށް"

އަބްދުލް ވާހިދު ޙަސަން
Jun 22, 2019
3

އެކުވެރިކަން ބަދަހިކޮށް ގުޅުން ގާއިމުކުރުމުގެ ގޮތުން ދިހަ ޒުވާނުން ރާޅުގުނޑީގައި ކުޅުދުއްފުށިން ށ ފުނަދުއަށްދިޔުމަށް ދަތުރު ފަށައިފި އެވެ. "ގަމީސް ވައި ދަށަށް" މިނަމުގައި ކުރިއަށްގެންދާ މިހަރަކާތް ފެށީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ބީޗުންނެވެ. ކުޅުދުއްފުށިން ފުނަދުއަށް ދިޔުމަށް ކައިޓް ސާފަރުން ނައްޓާލީ ހެނދުނު 9:45 އެހާއިރު އެވެ.

މިހަރަކާތާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން މިހަރަކާތުގައި އިސްކޮށް އުޅޭ ކައިޓް ސާފަރަކު ބުނީ، މިކުޅިވަރަކީ ރާއްޖޭގައި މިހާރު ވަރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި މިހަރަކާތުގެ މަގުސަދަކީ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

މީގެ ކުރިން ރާޅުގުނޑީގައި ވިލިނގިލިން މާފުއްޓަށް ދަތުރުކޮށްފައިވާއިރު މިއީ ރާޅުގުޑީގައި އެއްރަށުން އަނެއް ރަށަށް ކުރާ ދެ ވަނަ ދަތުރެވެ. ވިލިނގިލިން މާލެއަށް ކުރި ދަތުރަށް ކުޅުދުއްފުއްޓާއި ފުނަދޫ ދޭތެރެ ދުރުކަމަށާއި މިއީވެސް ކުރިއެރުމެއްގެ ގޮތުގައި ދެކޭކަމަށް އޭނާ ބުންޏެވެ. ގާތްގަނޑަށް ދެ ގަޑިއިރެއްހާއިރުގެ މި ދަތުރުގައި މި ދޭތެރޭގައި 34 މޭލު ހުރެ އެވެ.

ކުޅުދުއްފުށީ ކައިޓް ސާފަރުންނާއި ބ އަތޮޅުގެ ކައިޓް ސާފަރުންވެސް މިދަތުރުގައި ބައިވެރިވެ އެވެ. ކުޅުދުއްފުށިން ނައްޓާލައިގެން ފުނަދުއަށް ދިޔުމަށް ރައިޑަރުން ދަތުރުކުރާނީ ވައި ދަށުންނެވެ. ލައިނަކަށް ވާގޮތަށް ދަތުރުކުރާއިރު ކައިޓް ސާފަރުންގެ ސަލާމަތަށް ކުޑަ ލޯންޗެއް ބައިވެރިންނާއެކު ދަތުރުކުރެ އެވެ. މިދަތުރުގައި ފުނަދޫގައި އުޅޭ ކައިޓް ސާފަރުންނާ ބައްދަލުކޮށް އެކުގައި ކައިޓް ސާރފުކުރާނެ އެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ކައިޓް ސާފިންގެ މިއަށްވުރެ ބޮޑެތި ވަރުގަދަ އިވެންޓްތައް ކުރިއަށްގެންދާނެ ކަމަށެވެ. ކައުންސިލުންނާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ސަޕޯޓަށް ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355