twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފޯކައިދޫ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

Jun 22, 2019

ށ. ފޯކައިދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑް އިންނެވެ.

އެ މަސައްކަތް އަމަލީ ގޮތުން ފަށްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މި މަޝްރޫއު ކެނޭޑިއަން ކްރިސްޓަލައިން އާ ހަވާލުކޮށްފައި ވަނީ 30.8 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫ، ހދ. ނޮޅިވަރަންފަރު އަދި ރ. މަޑުއްވަރީގެ ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ އެވެ.

މި މަޝްރޫޢުގެ ދަށުން ފޯކައިދޫގައި ބޯ ހޯލް ހެދުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭ ގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބީސީ ތަކާއި އިމާރާތްތަކަށް ފެން މީޓަރު ގުޅުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.

މުޅި މަޝްރޫއަށް ޖީސީއެފްއިން ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364 ޑޮލަރު ދިވެހި ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355