twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސްޓޭޓް ހައުސް ހިދުމަތަށް ހުޅުވާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ

އިބްރާހިމް ހަމީދު
Jun 23, 2019

ހދ. އަތޮޅުސްޓޭޓް ހައުސް ގެސްޓް ހައުސްގެ ހިދުމަތަށް ހުޅުވާލުމަށް ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައިސް އާދަމް އަލީ ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ވަނީ މިއަހަރުގެ މާރޗުމަހު އަތޮޅުގޭގެ ނަން ސްޓޭޓް ހައުސަކަށް ބަދަލުކޮށް، އެތަން ހުޅުވައިދެއްވީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އެވެ. ސްޓޭޓް ހައުސް ހުޅުވައިދެއްވުމަށްފަހު ވީރާނާވެގެން ދިޔުމަށް ފުރުސަތު ނުދެއްވާނެކަމާއި މިތަންތަން ތަރައްޤީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރުވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ސްޓޭޓް ހައުސް ގެސްޓްހައުސްގެ ހިދުމަތަށް ކައުންސިލަށް ހުޅުވާލެވިފައި ނުވާތީ ގިނަބަޔަކު ދަނީ އެކަމަށް ސަރުކާރަށާއި ކައުންސިލަށް ފާޑުކިޔަމުންނެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަތޮޅުކައުންސިލްގެ ރައީސް އާދަމް ވިދާޅުވީ އަތޮޅުގެއަށް ނިމިދިޔަ ސަރުކާރުން ބޮޑުތި ހަރަދުތަކެއްކޮށް ގިނަ މަރާމާތުތަކެއްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ލައްވައި މިދިޔަ މާރޗުމަހު އެތަން ހުޅުވީންސުރެއް އަދި ހިދުމަތް ނުދެވޭ ކަމަށާއި އަދި ސްޓޭޓް ހައުސްގެ ބަލަހައްޓަމުން ގެންދަނީ ޑިއުޓީ ބަހައިގެން އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުންކަމަށެވެ.

"އިދާރީ މުވައްޒަފުން ބޭނުން ކުރަން މިޖެހެނީ އަދިވެސް. އެތަނަށް ނަގަން އިންޓަވިއުކޮށްފައި ތިބި މުވައްޒަފުން އަދިވެސް ވަޒީފާ ހަމަނުޖެހޭ." އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ ހަމަނުޖެހި ލަސްވަނީ ފިނޭންސުން ބަޖެޓް ހަމަނުޖެހޭތީކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ގެސްޓް ހައުސެއްގެ ގޮތުގައި އެތަން ހިދުމަތަށް ހުޅުވާލާއިރު މުވައްޒަފުން ބޭނުން ވާނެކަމަށާއި ކައުންސިލްގެ އިދާރީ މުވައްޒަފުން ލައްވާ އެމަސައްކަތް ކުރަން އުނދަގޫވާނެކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެކަމަށެވެ. އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓް ހަމަނުޖެހުމާއި ސަޕްލައިފެން ވައިރިންގައި ލީކެއް އުޅޭތީ އެމައްސަލައިގެ ސަބަބުން ކަމަށެވެ. އަދި ފެންލީކުވާ މައްސަލަ ހައްލުކުރުމަށް ސްޓޭޓް ހައުސް މަރާމާތުގެ މަސައްކަތް ކުރި ބީޕްލަސް ކުންފުންޏާއެކު މަޝްވަރާކޮށް އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ މީޑިޔާ އޮފިޝަލް ކޭއޯއަށް ވިދާޅުވީ ހދ. އަތޮޅު ސްޓޭޓް ހައުސަށް ހިދުމަތަށް ނެރުމަށް ބޭނުންވާ މުވައްޒަފުންނަށް ބަޖެޓް މިހާރު ހަމަޖެހިގެން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.މިއަންނަމަހު ސްޓޭޓް ހައުސް ހިދުމަތަށް ހުޅުވިގެން ދާނެކަމަށާއި މުވައްޒަފުން ނެގުމަށް ބަޖެޓް ހަމަޖެހިފައިވާކަން އަތޮޅު ކައުންސިލަށް އަދި އެންގިފައި ނުވާކަމަށެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެކަން މިނިސްޓްރީން ކައުންސިލަށް އަންގާނެކަމަށެވެ.

"ބަޖެޓް ހަމަޖެހިގެން ފިނޭންސް މިނިސްޓްރީން އަންގާފައޮތީ ވަރަށް އަވަހަށް މުވައްޒަފުން ނެގުމުގެ މަސައްކަތް އަޅުގަނޑުމެން އަލުން ކުރާނަން."މީޑިޔާ އޮފިޝަލް ވިދާޅުވީ އެވެ.

މަރާމާތަށްފަހު ސްޓޭޓް ހައުސް ހުޅުވިގެންދިޔައިރު ތަފާތު ފެންވަރުގެ ސޯޅަ ރޫމް ވަނީ ސްޓޭޓްހައުސް ގައި ތައްޔާރުކުރެވިފަ އެވެ. ސްޓޭޓް ހައުސް މަރާމާތު ކުރުމުގެ މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. 4.9 މިލިއަން ރުފިޔާއަށް 88 ދުވަސް ތެރޭގައި ނިންމާފައިވާ މަސައްކަތެކެވެ.

އެމްއޯޔޫއެއްގެ ދަށުން ސްޓޭޓް ހައުސް ހިންގުމަށް ހަވާލުކުރެވިފައިވަނީ އަތޮޅު ކައުންސިލާ ކަމަށާއި އެތަނުން ލިބޭ އާމުދަނީވެސް ލިބޭނީ އަތޮޅު ކައުންސިލަށް ކަމަށެވެ. މިހާތަނަށް ބާރަ އަތޮޅުގެ އެއް ވަނީ މަރާމާރުކޮށް ދައުލަތުގެ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް އަތޮޅު ކައުންސިލްތަކާ ހަވާލުކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355