twitterviber whatsapp telegramfacebookyoutube instagram
16th August 2026

"އަލިވާރު" ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގުރާމެއް މީރާއިން ފަށައިފި

ނަބީލާ އިސްމާޢީލް
Jun 23, 2019

އަތޮޅުތަކަށް ހާއްސަކޮށްގެން "އަލިވާރު"ގެ ނަމުގައި މީރާއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިމަހު 22 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ޓެކުހުގެ ނިޒާމަށް އިތުރަށް ހޭލުންތެރިކޮށް ޓެކްސް ނިޒާމުގައި ލިބެންހުރި ފަސޭހަތަކާއި ލުއިތަކާގުޅޭގޮތުން މައުލޫމާތު އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ފޯރުކޮށްދިނުން ވަނީ ހަމަޖެހިފަ އެވެ.

މި ގޮތުން މި ޕްރޮގްރާމުގެ ދަށުން މީރާގެ ޓީމުތަކުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަތޮޅުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން މީރާގެ ޓީމުތަކާއި ގުޅިގެން ޓެކުހާ ބެހޭ މައުލޫމާތު އޮޅުންފިލުވައި ޓެކުހުގެ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މީރާއިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355