twitterviber whatsapp telegramfacebookyoutube instagram
14th July 2026

ސެކަންޑް ހދ ސްކައުޓް ގުރޫޕްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Jun 23, 2019

ހދގެ 2 ވަނަ ސްކައުޓް ގުރޫޕްގެ ކަބްސްކައުޓުން އަދި ސްކައުޓުން ވައުދުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި 75 ކަބްސްކައުޓުން އަދި 52 ސްކައުޓުން ވަޢުދުވެ، ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ސްކަޓްއާއި ގުޅިފައިވެއެވެ. 26 އަހަރުގެ މެދުކެނޑުމަކަށްފަހު ހދ. އަތޮޅު މަދަރުސާގައި ސްކައުޓްގެ ހަރަކާތް ފެށިގެން ދިއުން ވެފައިވަނީ ބެލެނިވެރިން އެކަމަށް ވަރަށް އުންމީދުކޮށްގެން ތިބިކަމެއް ކަމުގައެވެ.

މިއަހަރު ކަބްސްކައުޓްގެ ހަރަކާތް ފެށިއިރު ކަބްސްކައުޓް ގެ 3 ޕެކް އަދި ސްކައުޓްގެ 2 ޓްރޫޕްގައި ޖުމްލަ 127 ދަރވަރުން ބައިވެރިވިއެވެ.

މި ރަސްމިޔާތުގެ ޝަރަފްވެރި މެހްމާނަކީ ހާދާލްގެ 10 ވަނަ ސްކައުޓްގެ ގުރޫޕް ސްކައުޓް ލީޑަރ، ނޮޅިވަރަންފަރު ސުކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދެވެ.

މި ރަސްމިއްޔާތުގައި ހދ. އޭއީސީގެ ޕްރިންސިޕަލް އަދި ސްކައުޓް ލީޑަރުންނާއި އަފީފުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެއްގެ އިތުރުން ވައިކަރަދޫގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355