twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑުތިލަދުންމަތީގެ ރަށަކާއެކު ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jun 24, 2019

ބޮޑުތިލަދުންމަތީގެ ރަށެއް ހިމެނޭގޮތަށް ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތަށް 71 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

އެގޮތުން ޕުލޭނިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއް ގައި ށ ނޫމަރާގެ ބޭރު ތޮއްޓާއި ނެރުބައްތި އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. މިއީ 9.9 މިލިއަން ރުފިޔާގެ މަސްރޫއު އެކެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

ނ. ހެނބަދޫ އަދި ސ. މީދޫގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެގޮތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހެނބަދޫގެ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމުގެ އިތުރުން ބޭރު ތޮށި ޖެހުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މިމަސައްކަތް ނިންމުމަށް 300 ދުވަސް ދީފައިވާއިރު މި މޝްރޫއުގެ އަގަކީ 26.6 މިލިއަން ރުފިޔާއެވެ.

މީދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބަނދަރުގެ ބޭރު ތޮށި ޖެހުމާއި އެއްގަމު ތޮށި ހެދުމާއި ބަނދަރު ފުންކުރުމުގެ އިތުރުން ނެރުބައްތި ޖެހުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމުގެ މަސައްކަތެވެ. މިމަސައްކަތަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު މިއީ 35.4 މިލިއަން ރުފިޔާގެ އަގު ހުރި މަޝްރޫއުއެކެވެ.

ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ ތިން ރަށުގެ ބަނދަރު ވެސް ހަދަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355