twitterviber whatsapp telegramfacebookyoutube instagram
3rd November 2026

"މާމުއި" އަންނަ މަހު ތިލަދެކުނު ސިނަމާގައި އަޅުވަނީ

ނަބީލާ އިސްމާޢީލް
Jun 24, 2019

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "މާމުއި" ތިލަދެކުނު ސިނަމާގައި އަންނަ މަހު އަޅުވަން ނިންމާ ޓިކެޓް ހޯދުމަށް ނަންނޯޓް ކުރުމަށް ހުޅުވާލައިފިއެވެ.

މި ފިލްމަކީ އަލީ ޝިފާއު ޑައިރެކްޓުކޮށް، އައިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ތިލަދެކުނު ސިނަމާގައި މި ފިލްމުގެ 2 ޝޯވ އެޅުވުމަށް ހަމަޖެހިފައިވާކަމަށް ފިލްމުއެޅުވުމުގައި އިސްކޮށް ކުޅުދުއްފުށީގައި ހަރަކާތް ތެރިވާފަރާތަކުން ކޭއޯ އަށް މައުލޫމާތު ދިނެވެ.

ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ނަންނޯޓް ކުރުން މިހާރު ހުޅުވާލެވިފައިވާއިރު، ޓިކެޓް ވިކުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ތިލަދެކުނު ސިނަމާއިންނެވެ.

ޓިކެޓެއްގެ އަގަކީ 100 ރުފިޔާ، އިތުރު މައުލޫމާތު މަށާއި ނަންނޯޓް ކުރުމަށް 9955020 ނަންބަރާއި ގުޅުމަށް ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭ ފަރާތުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293