twitterviber whatsapp telegramfacebookyoutube instagram
16th April 2024

ގޮނޑުދޮށާއެކު ކަރިންބެ ރުއްގަނޑު ސަރަހައްދު ތަރައްގީކުރަނީ

އަބްދުލް ވާހިދު ޙަސަން
Jun 24, 2019
6

އެއާޕޯޓާ ދިމާ ހުޅަނގު ފަރާތުގެ ގޮނޑުދޮށާއެކު އެ ސަރަހައްދު، ހިތްގައިމު ސަރަހައްދަކަމަށް ބަދަލުކޮށް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

އެއާޕޯޓްގެ ހުޅަނގު ފަރާތުން ކަރިންބެ ރުއްގަނޑުގެ ބާކީ މިހާރު އޮތް ސަރަހައްދާއި އެ ސަރަހައްދުގެ މޫދާއި ގޮނޑުދޮށް ތަރައްގީކުރުމަށް ވަނީ ކައުންސިލުން ނިންމާފަ އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކޭއޯއަށް ވިދާޅުވީ އެސަރަހައްދު ހިތްގައިމު ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޖަހާފައިހުރި ވެލިބެޑްތައް ނަގައި މޫދު ރީތި ކުރުމުގެ މަސައްކަތް އެމްޓީސީސީ ކުރަމުންދާ ކަމަށެވެ.

އެ ސަރަހައްދު ތަރައްގީކުރަމުގައި ކައުންސިލާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުޅުދުއްފުށީ ކައިޓް ސާފަރުން ކަމަށް ލަތީފް ވިދާޅުވި އެވެ. ކައިޓް ސާފަރުން ދަނީ އެސަރަހައްދުގެ ގޮނޑުދޮށްވެސް ރީތިކުރަމުން ކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދެކުނުން އުތުރަށް މިހާރު ކުރަމުންދާ ރާޅުގުޑި ހަރަކާތަށް މަރުހަބާ ކިޔުން އޮންނާނީ އެސަރަހައްދުގައި ކަމަށާއި އެ ދުވަހަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ކައިޓް ސާފަރުން ކުރަމުންދާ ކަމަށެވެ.

ލަތީފް ވިދާޅުވީ، އެހަރަކާތްތައް ފަހު އެތަން ތަރައްގީކުރުމުގެ ބޮޑެތި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ހަޓް ހެދުމާއި އެއްގޮތަށް ގަސް އިންދުމާއި ބެންޗު ބެހެއްޓުމުގެ އިތުރުން ބާބަކިޔު އޭރިޔާ ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ނިމޭއިރު އެސަރަހައްދު ވެގެންދާނީ ހިތް ފަސޭހަ ސަރަހައްދަކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެސަރަހައްދު ތަރައްގީކުރަނީ ކައިޓް ސާފަރުންގެ ހިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދައިގެން ކަމަށާއި އަދި އަމަލީގޮތުންވެސް އެ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑެތި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި ލަތީފް ވަނީ އެފަރާތްތަށް ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355