twitterviber whatsapp telegramfacebookyoutube instagram
8th April 2026

އިންޑިޔާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ރޯޑް ޝޯތަކެއް ފަށައިފި

ޚަދީޖާ އާދަމް
Jun 25, 2019

އިންޑިޔާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ހާއްސަ ރޯޑް ޝޯތަކެއް ފަށައިފި އެވެ.

"ޖާނީ ޓް ދަ ސަނީ ސައިޑް" ގެ ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ސިލްސިލާގެ ރޯޑްޝޯ ކުރިއަށް ދަނީ އިންޑިއާގެ ބެންގަލޫރު، މުމްބާއީ، ކޮލްކަތާ، ނިއުދިއްލީ އަދި ޗާންދިގަޅުގަ އެވެ.

އިއްޔެ ފެށި މި ރޯޑްޝޯތައް މިމަހު 28 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި އިވެންޓު ގައި އިންޑިޔާގެ އޮޕަރޭޓަރުންނާއި ބައްދަލު ކުރުމުގެ އިތުރުން، ކޮންމެ ސިޓީ އެއްގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ޝަންގްރީލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އިންނެވެ.

މި ރޯޑްޝޯތަކުގެ މަގުސަދަކީ އިންޑިޔާ މާކެޓްގައި ރާއްޖެ އިތުރަށް އިސްތިހާރު ކޮށް ފުޅާދާއިރާ އެއްގައި ރާއްޖެ ތަމްސީލު ކުރުމެވެ. ރޯޑްޝޯގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ބައިވެރިވެރިވެފައިވާއިރު އެފަރާތްތަކުން އިންޑިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިތުރަށް ޕުރޮމޯޓް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355