twitterviber whatsapp telegramfacebookyoutube instagram
20th February 2026

އައްޑޫ އާ ހޮސްޕިޓަލަށް އެމްއާރުއައި މެޝިން ގެނެސްފި

Jun 25, 2019
3

އަންނަ މަހު އައްޑޫގައި ހުޅުވުމުގެ މަސައްކަތް ކުރަމުން ދާ އާ ހޮސްޕިޓަލަށް އެމްއާރުއައި މެޝިން ރޭ އައްޑޫއަށް ގެނެސްފި އެވެ.

ރޭ ފަތިހު އެމްއާރުއައި މެޝިން އައްޑޫއަށް ގެނެސްފައިވަނީ ޗާޓަރުކޮށްގެން މެކްސިމަސްގެ ކާގޯ ފްލައިޓެއްގައި އެވެ.

އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގަ ތަނެެކެވެ. އަދި މި ހޮސްޕިޓަލް ހިންގާނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.

މި ހޮސްޕިޓަލްގެ އެކި ޑިޕާޓްމެންޓުތަކަށް ބޭނުންވާ ސާމާނު މިހާރުވެސް އަންނި އިންސްޓޯލްކުރަމުންނެވެ. އަދި އެމްއާރުއައި މެޝިންވެސް އިންސްޓޯލް ކުުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ފަށާނެއެވެ.

އާ ހޮސްޕިޓަލްގެ ހިދުމަތް ފެށުމާއިއެކު މިހާރު ހިދުމަތް ދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355