twitterviber whatsapp telegramfacebookyoutube instagram
9th February 2026

ކުޅުދުއްފުށީ ޕޯސްޓްގެ ހިދުމަތް ރަނގަޅު ކުރަމުންދާކަމަށް ފޯސްޓް އޮފީހުން ބުނެފި

• ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަތައް ދަނީ ބަލަމުން

އިބްރާހިމް ހަމީދު
Jun 26, 2019
3

ކުޅުދުއްފުށިން ޕޯސްޓްގެ ހިދުމަތް އެކަށީގެންވާގޮތުގައި ފޯރުކޮށްދެމުން ނުދާތީ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ފާޑުކިއުންތައް ކުޅުދުއްފުށީ ޕޯސްޓް އޮފީހަށް ރައްދުވާން ފެށުމާ ގުޅިގެން އެހިދުމަތް މިހާރު ރަގަޅު ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.

ކުޅުދުއްފުށީ ޕޯސްޓް އޮފީހުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާތީ އެހިދުމަތް ހޯދާ ފަރާތް ތަކުން ދިޔައީ ގިނަ ފާޑުކިއުންތަކެއް ޕޯސްޓް އޮފީހަށް އަމާޒުކުރަމުންނެވެ.

ޕޯސްޓް އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ޕޯސްޓުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ބަލާ އެކަންކަން ހައްލުކޮށް ރަގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހިދުމަތް ފޯރުކޮށްދިނުމުގައި ހުރިދަތިތައް ބެލުމަށް އަޅުގަނޑުމެންގެ ޓީމެއް ވާނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް އެސެސްމެންޓެއް ހަދާފަ. މިދަނީ ރަގަޅުކުރަމުން" ޕޯސްޓް އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތަކަކީ ބަލަމުންދާ ކަންކަމަށް ވާތީ އެމައުލޫމާތު ދެވެންނެތް ކަމަށާއި އެކަންކަން ރަގަޅުކުރަމުން އަންނަ ކަމަށް އެފަރާތުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355