twitterviber whatsapp telegramfacebookyoutube instagram
19th October 2025

އާސަންދައަށް ޝަކުވާއާއި ސުވާލު ހުށައެޅުމަށް ހާއްސަ ނަންބަރެއް

Jun 27, 2019

އާސަންދަ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޝަކުވާއައި ސުވާލު ހުށައެޅުމަށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ސުވާލު ހުށައެޅުމަށް "ޝިކާވަތި" ނަމުގައި 7951400 ނަންބަރު ހަމަޖައްސާފައިވާނެ ކަމަށެވެ.

އެގޮތުން ޝަކުވާއާއި ސުވާލުގެ ިއތުރުން އާސަންދައިގެ ހިދުމަތްތަކާއި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓްކުރަން ބޭނުންނަމަ އެ ނަންބަރަށް މެސެޖާއި ފޮޓޯ ފޮނުވޭނެ ކަމަށާއި އެ ނަންބަރަށް، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމު މެދުވެރިކޮށް މެސެޖުކުރެވޭނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355