twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ފުލުހުން ސްކައުޓުންނަށް ޓްރެފިކަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

ނަބީލާ އިސްމާޢީލް
Jun 27, 2019

ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ ސްކައުޓުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު 150 ސްކައުޓުންނާއި އެކު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ގާނޫނާއި އެގާނޫނާއި ގުޅުންހުރި ގާވާއިދުތަކުގެ މައުލޫމާތު ދީފައިވެއެވެ.

އަދި މަގުމަތި ބޭނުން ކުރުމުގެ ރީތި އާދަަތަކާއި ޓްރެފިކް ސައިންތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ބައިސްކަލް ދުއްވުމުގައި ކުދިން އަމަލުކުރަންވީ ކަންކަމާއި ބައިސްކަލް ޑަބަލް ޝީޓް ނުކުރުމަށާއި ސްކޫލް ކައިރީގައި ބައިސްކަލް ޕާކް ކުރާނެ ގޮތްތަކާއި ޕޭމަންޓް މަތީ ޕާކް ނުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން ގަޑިޖެހުމުގެ ކުރިން ވަގުތު އޮއްވާ ސްކޫލަށް އައުމަށާއި ފުލުހުން ބޭނުންކުރާ ޓްރެފިކް ސައިންތަކާ ބުނެދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355