twitterviber whatsapp telegramfacebookyoutube instagram
20th April 2026

ގުރީން ފަންޑުން ހއ ގެ 3 ރަށެއްގައި ނަރުދަމާ ގާއިމުކުރަން ހަރަދުކޮށްފި

ނަބީލާ އިސްމާޢީލް
Jun 29, 2019

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ "ގްރީން ފަންޑުން" ހއ.އަތޮޅުގެ 3 ރަށެއް ހިމެނޭގޮތަށް ތަފާތު 14 މަޝްރޫއެއް ހިންގަން މެއި މަހުގެ ނިޔަލަށް 22 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

އެގޮތުން ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން ހއ. އުތީމް، ހއ. ބާރަށުގެ އިތުރުން ހއ. މުރައިދޫ ސުވަރޭޖް ސިސްޓަމް ތަރައްގީކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮފިޑާއި ދިވެހި ސަރުކާރުން ހިންގި ރައްކާތެރިކޮށް ކުނި ނައްތާލުމުގެ މަޝްރޫއަކަށެވެ. މި މަޝްރޫއަށް 7.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ފަންޑު ހަދައި މި ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ ފަންޑުގައި މެއި މަހުގެ ނިޔަލަށް 286 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މެއި މަހު 77.6 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 70 މިލިއަން ރުފިޔާ އާއި ހޮޓެލްސް ތަކުން ލިބުނު 1.6 މިލިއަން ރުފިޔާ އަދި ގެސްޓްހައުސް ތަކުން ލިބުނު 3.1 މިލިއަން ރުފިޔާގެ އިތުރުން ސަފާރީ އުޅަނދު ފަހަރުން ލިބުނު 2.3 މިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355