twitterviber whatsapp telegramfacebookyoutube instagram
10th July 2025

ސްޓޭޑިއަމްގެ އިސް މަގާމެއް ޝައުފާއަށް

އަބްދުލް ވާހިދު ޙަސަން
Jun 29, 2019
3

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އިސް މަގާމަކަށް ކުރީގެ ކައުންސިލަރު ޝައުފާ އިބުރާހިމް ހިލްމީ އައްޔަންކުރައްވައިފި އެވެ. ޔޫތް އެގްޒެކިއުޓިވް މަގާމަށް އޭނާ ވަޒީފާއަށް ނިކުންނަވާތާ މިހާރުވަނީ ދުވަސްކޮޅެއްވެފަ އެވެ.

ޝައުފާއަށް ވަޒީފާ ހަމަޖެއްސީ ސްޓޭޑިއަމުންނެވެ. ވަޒީފާއަށް ނިކުތުމުގެ ކުރިން އޭނާވަނީ ޔޫތް މިނިސްޓްރީގައި ދުވަސްކޮޅަކު މަސައްކަތްކުރައްވާފަ އެވެ.

މިއީ ސްޓޭޑިއަމްގެ މިފަދަ މަގާމެއް އުފެއްދި ފުރަތަމަ ފަހަރެވެ. އެތަނުގައި މިހާރު މަސައްކަތްކުރަނީ އެޑްމިން އޮފިސަރަކާއި މަސައްކަތު މީހުންނާއި ވޮޗަރުންނެވެ. އެތަނަށް ބޭފުޅަކު ހަމަޖައްސާފައިމިވަނީ އެތަނުގެ މަސައްކަތްތައް ބޮއްސުންލައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށްނެވެ.

އެމްޑީޕީއަށް ނިސްބަތް ޝައުފާއަކީ އެޕާޓީގެ ގިނަ ހަރަކާތެއް ހިންގުމަށް ކުޅުދުއްފުށީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ޒުވާނެކެވެ. މިއީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށިން ސިޔާސީ ވަޒީފާއެއް ހަމަޖެއްސި ދެވަނަ ފަހަރެވެ.

ފުރަތަމަ ވަޒީފާ ދެއްވީ ކުރީގެ ކައުންސިލްގެ ރައީސް އަލީ މުހައްމަދަށެވެ. އެއީ ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސައިޓްގެ ޕްރޮޖެކްޓް މެއިންޓަނަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355