އުތުރުގެ މައި ރަށް، ކުޅުދުއްފުށި ޒުވާނުން ތަފާތު ކުޅިވަރުތައް ކުޅުމަށް އޮންނަ ސްޓޭޑިއަމްގެ ހާލަތުގެ ވާހަކައަކީ ދައްކާކޮޅުން ނުލައިހާ ބޮޑު ވާހަކަ އެކެވެ. ކަމުނުދާ އެތަކެއް ކަމެކެވެ. ހައްލެއް ނުލިބެ އެވެ. މުޅި ތަނުގެ ނިޒާމު އޮންނަނީ ބޮއްސުންލާފަ އެވެ.
ނަންހާމަކުރަން ބޭނުންނުވާ ޒުވާނަކު ބުނީ ނިމިދިޔަ ރައީސް ޔާމީން ސަރުކާރުން ޒޯންސްޓޭޑިއަމްގައި އަޅާފައިވާ އެރީނާ ދަނޑުގެ ދާތައް ނެއްޓި މިހާރު މަރާމާތުކޮށް ތަރައްޤީ ކުރަންޖެހިފައިވާކަމަށާއި އަދި ޓާފް ދަނޑުއެއްގޮތަކަށްވެސް ބޭނުމެއް ނުކުރެވޭކަމަށެވެ.
"މުޅި ސްޓޭޑިއަމްގައި ވިނަތައް ދިގުވެ ވިނަދަނޑުވެސް އެކަށީގެންވާ ގޮތެއްގައި ބޭނުމެއް ނުކުރެވޭ. ލައިޓްތައް ހަލާކުވެފައި ދަނޑުތަކުގައި އެކަށީގެންވާ އަލިކަމެއްނެތް އެރީނާ ދަނޑުގައި ޖަހާފައިހުރި ދާތައްހަލާކުވެގެން ނެއްޓެނީ މުޅި ދަނޑުތެރޭގައި ގަސްފަޅާ ގާތައް ނެއްޓެނީ ގޯލްތައް ފޫގޮސްފައި ތަންބެލެހެއްޓޭނެގޮތެއްނެތް ހުރިހާ ދަނޑެއް އޮތީ ތަރައްޤީ ކުރަންވެފައި މުޅި ސްޓޭޑިއަމް އޮތީ އެއްކޮށް އޯވަހޯލްކުރަން ޖެހިފައި." ޒުވާނާ ހިތްހަމަނުޖެހި މިނޫހާއި މަޢުލޫމާތު ހިއްސާކުރަމުން ބުންޏެވެ.
ސްޓޭޑިއަމް ބޭނުންކުރާ ފަރާތްތަކުން ބުނަމުންދަނީ ކުޅުދުއްފުށީ ޒޯންސްޓޭޑިއަމާއި ދަނޑުތަކުގެ ހާލަތު ޔޫތުމިނިސްޓްރީގެ އެއްވެސް ބޭފުޅަކު ހަތްމަސްވެގެން ދިޔައިރު ނުބައްލަވާ ދަނޑުތައް ތަރައްޤީ ކުރާ ލިސްޓުން ކުޅުދުއްފުށީގެ ނަން ނުހިމަނާ އޮތް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މާލޭން އުތުރުގައި އަތޮޅުފެންވަރުގަޔާއި ގައުމީފެންވަރުގެ ބޮޑެތި މުބާރާތްތައް ސަރުކާރުން ކުރިއަށް ގެންދިއުމަށް އުތުރަށް ހާއްސަކޮށްފައިވާ ކުޅުދުއްފުށީ ޒޯންސްޓޭޑިއަމާއި ދަނޑުތައް ތަރައްޤީކޮށް ރަގަޅުކުރުމުގެ ވިސްނުމެއް ނެތްކަން ޔޫތު މިނިސްޓަރު ޓްވީޓުން ވަރަށް ރަގަޅަށް ހާމަވެއްޖެކަމަށާއި މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ.
ޔޫތު މިނިސްޓަރު ފާހަގަކުރެވިފައިވަނީ އެންމެ ޒުވާނުން ގިނަ ކުޅުދުއްފުއްޓާއި ވަރަށް ދުރު ބޭފުޅެއްގެ ގޮތުގައި އެވެ. މިހާރުވެސް ގިނަ ރަށްތަކަށް މިނިސްޓަރު ޒިޔާރާތްކުރަމުންދާއިރު، މިނިސްޓްރީގެ ޓީމެއްވެސް މިރަށަށް ވަޑައިގެންފައެއް ނުވެ އެވެ.
Futuboalha dhandu tharahgee kurumah miaharah kanda’alhaafaivaa ithuru 14 rah. Iraadhakureviyya varah avahah tender board ah fonuveyne.
— Ahmed Mahloof (@AhmedMahloof) June 27, 2019
Milandhoo
Maakurathu
Velidhoo
Thimarafushi
Ihavandhoo
Hanimaadhoo
Kudahuvadhoo
Maafushi
Kudafari
Funadhoo
Nolhivaram
Foakaidhoo
Rasdhoo
Dhiggaru
މިކަމާގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކައުންސިލުން މާލެދިޔަދަތުރު ޔޫތުމިނިސްޓަރާއި ބައްދަލުކޮށް ކުޅުދުއްފުށީ ޒޯންސްޓޭޑިއަމްގެ ހާލަތު ބަޔާން ކޮށްފައިވާނެކަމަށެވެ.
"މިނިސްޓަރު ވިދާޅުވި ހާލަތު ބެއްލެވުމަށް ކުޅުދުއްފުއްޓަށް ދަތުރެއް ކުރައްވާނެކަމަށް. އަދި ހަބަރެއްނެތް މިނިސްޓަރު ވަޑައިނުގަންނަވާތާ މިނިސްޓްރީގެ ޓީމެއްވެސް ހާލަތު ބައްލަވާލެއްވުމަށް ކުޅުދުއްފުއްޓަކަށް މިއަދާހަމައަށް ޒިޔާރަތެއް ނުކުރައްވާ." ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިނިސްޓްރީން ސްޓޭޑިއަމްގެ ޔޫތުސެންޓަރުބޭނުން ކުރައްވާ ފަރާތްތަކުގެ ސަކުވާތައް ވާނީ މިނިސްޓްރީން އަންގައިގެން ސްޓޭޑިއަމް މިހާރުހަވާލުވެހުންނެވި ސައުފާ އާއި އެކު ކައުންސިލުން އެސަކުވާތަކުގެ މައްސަލަ ބަލާފައިވާކަމަށެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ނިމިދިޔަ ރައީސް ޔާމީން ސަރުކާރުން ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑާއި ޓާފްދަނޑުގެ އިތުރުން ނެޓްބޯޅަކުޅޭނެތަނަކާއި ބާސްކެޓާއި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅުމަށް ޒުވާނުންނަށް ޔޫތު ސެންޓަރެއް ވަނީ ގާއިމުކޮށްދެއްވާފަ އެވެ.
ޒޯންސްޓޭޑިއަމަކީ ރެއާއިދުވާލު އެތައް ޒުވާނުންނާއި ހަރު މީހުންނާއި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން އެކިކަހަލަބޭނުންތައް ކުރަމުންދާތަނެކެވެ. އެގޮތުން ކުޅިވަރުތައް ފިޔަވައި ދުޅަހެޔޮސިއްހަތެއްގައި ތިބުމަށްޓަކައި ގިނަބަޔަކު ކަސްރަތުކުރުމާއި ދުވުމަށްވެސް ބޭނުން ކުރަމުންދަނީ ސްޓޭޑިއަމެވެ. އެހެންނަމަވެސް މުޅި ސްޓޭޑިއަމްގައި ވިނަތައް ދިގުވެފައި އޮތުމާއެކު އެބޭނުންތަކަށް ދާމީހުންވެސް ދަނީ ގިނަޝަކުވާތައް ކުރަމުންނެވެ.