twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފަސިންޖަރުންގެ މައުލޫމާތު ދުރާލާ އެނގޭނެ ނިޒާމެއް ގާއިމްކުރަނީ

ޚަދީޖާ އާދަމް
Jun 30, 2019

ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ އެނގޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި މަސައްކަތް ފަށާފައިވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" ޖީޓާސް، ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން، ސީ.ބީ.ޕީގެ އެހީއާއެކުއެވެ.

ކަސްޓަމްސް އިން ބުނީ މި ނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު ބައެއް އެއަރލައިންތަކުން ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ހިއްސާކުރަމުންދާ ކަމަށެވެ.

މި ނިޒާމް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް ވަނީ ޖޫންމަހުގެ 17 އިން 25 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ދަތުރުގެ ތެރެއިން "ޖީޓާސް" ނިޒާމް ގާއިމްކޮށް މި ނިޒާމް ބޭނުންކުރާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ކަމާގުޅޭ މުވައްސަސާތަކަށް ވަނީ ހިންގާފައެވެ. މި މަސައްކަތް 2020 ވަނަ އަހަރު މުޅިން ނިމޭއިރު، ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މަޢުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355