twitterviber whatsapp telegramfacebookyoutube instagram
21st June 2026

ޓީޗަރުންގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ

ޚަދީޖާ އާދަމް
Jun 30, 2019

ޓީޗަރުންގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިންތިޒާމްކުރާ މި ކޮންފަރެންސް ބާއްވާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ކެމްބްރިޖް ޔުނިވާސިޓީއާއި ގުޅިގެން އަންނަ ސެޕްޓެމްބަރު މަހު 4 އަދި 5 ގަ އައްޑޫ ސިޓީގަ އެވެ.

މި ކޮންފަރެންސްގައި ސްކޫލް ތަކުގައި ދިރާސާ ކުރުން ތަރައްގީ ކުރުމުގެ މައައުލޫމާތު ހިއްސާ ކުރާ ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ކޮންފަރެންސްގައި ރާއްޖޭގެ ޓީޗަރުންނަނާއި ތައުލީމީ ދާއިރާގައި މަސައްކަތް އެހެން މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކޮންފަރެންސްގައި ސަރުކާރު ސްކޫލްތަކުގެ ދިވެހި ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އެނޫން ފަރާތްތައް ކޮންފަރެންސްގައި ބައިވެރިވާނ 150 އެމެރިކާގެ ޑޮަލަރު ދައްކަން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355