twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތް ސްޕެއިން ކާމިޔާބުކޮށްފި

Jul 1, 2019

ވާދަވެރި ޖަރުމަން ބަލިކޮށް ސްޕެއިން ޔޫއެފާ ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗްގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ސްޕެއިން ޗެންޕިއަންކަން ހޯދާފައިވަނީ ޖަރުމަނުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ނެވެ.

މެޗް ފަށައިގެން ފުރަތަމަ 7 ވަނަ މިނަޓް ގައި ސްޕެއިން ގެ މިޑްފީލްޑަރ ފެބިއަން ރުއިޒް ވަނީ އެޓީމަށް ލީޑް ނަގައި ދީފައެވެ. މި ލަނޑަކީ އެޓީމްގެ މައިކެލް އޮޔަރޒަބައި ދިން ބޯޅަ އަކުން ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ.

މެޗް ގެ ފުރަތަމަ ހާފް މި ނަތީޖާގައި ނިމުނު އިރު ދެވަނަ ހާފް ފަށައިގެން ޖަރމަނުން ވެސް ވަނީ ލަނޑެއް ކާމިޔާބުކުރަން މަސަތްކަތް ކޮށްފައެވެ. އެޓީމުން މެޗް ކޮންޓްރޯލް ކޮށް ރަނގަޅަށް ކުޅުނު ނަމަވެސް ދެންވެސް ފެނުނީ ސްޕެއިންގެ އިތުރު ލަނޑާކާ އެކު އެޓީމްގެ ލީޑް ފުޅާކުރި ތަނެވެ. މިލަނޑު މެޗްގެ 69 ވަނަ މިނަޓްގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ އޭޓޭކަރ ޑެނިއެލް އޮލްމޯ އެވެ.

މި ލަނޑާ އެކު ޖަރމަނަށް މެޗް ކޮންޓްރޯލް ގެއްލި އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޖަރމަންގެ ފޮލޮރިއަން ދިން ބޯޅަ އަކުން ލަނޑު ޖަހައި އެޓީމްގެ އެޓޭކަރ ނަޑިއެމް އަމީރީ ވަނީ ފަރަގު ކުޑަކޮށް ދީފައެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗްގެ 88 ވަނަ މިނިޓްގަ އެވެ.

މި ނަތީޖާގައި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ސްޕެއިން ވަނީ 21 އަހަރުން ދަށުގެ މިމުބާރާތް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ޝަރަފް ހޯދާފަ އެވެ. ފައިނަލް މެޗްގެ މޮޅުކުޅުން ތެރިއާއަށް ހޮވިފައި ވަނީ ސްޕެއިންގެ ޑެނިއެލް އޮލްމޯ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުން ތެރިއަކީ ޖުމްލަ 7 ގޯލް ޖަހާފައިވާ ޖަރްމަނީގެ ލުކާ ވަލްޑްސްމިޓް އެވެ. އިޓަލީގައި ކުޅެވުނު މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައި ވަނީ ސްޕެއިންގެ މިޑްފީލްޑަރ ފެބިއަން ރުއިޒް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355