ދިވެހި ރާއްޖެއާއި ސިންގަޕޫރާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ.
މިއަދު ސޮއިކުރެއްވި މި ދެ އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ތަރައްގީކުރުމުގެ އެއްބަސްވުމެކެވެ. ދެ ވަނަ އެއްބަސްވުމަކީ ދެގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އިތުރަށް ގުޅުންބަދަހި ކުރެވޭނެ ފްރޭމްވޯކެއް ގާއިމުކުރުމުގެ އެއްބަސްވުމެކެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިންގަޕޫރުގެ ރައީސްގެ އޮފީހުގައެވެ.