twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލުތުފީއާ ދެކޮޅަށް އަޑުއުފުލުމަށް ކުޅުދުއްފުށީގައި ބޮޑު އެއްވުމެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jul 2, 2019
10

1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސް މޭއިސްތިރި ހ. ހާޖަރާގޭ އަބުދުﷲ ލުތުފީއަށް ސަރުކާރުން ދެމުންގެންދާ ހިމާޔާތް ދިނުން ހުއްޓާލަން ގޮވާލައި އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި އެއްވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

އިޖްތިމާއި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ހުސެން އަލީ(ކޭޑީ) އިސްނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އެއްވުން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ކުޅުދުއްފުށީ މާލިހާމަގާދިމާ ބަނޑާރަމައިދާންގެ ކައިރީގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ލުތުފީއަށް ކުޅުދުއްފުށީ ރައްޔިތުން ދުވަހަކުވެސް މައާފުނުކުރާނެ ކަމަށާއި އެދުވަހު ދިވެހި ޤައުމާއި ދީނަށްޓަކައި ޝަހީދުވި ހުސެއިން އާދަމްގެ ރަށުގެ ދަރިން، ސަރުކާރުން ލުތުފިއަށް ހަދާހާ ގޮތެއް ހެދިގެން ނުތިބޭނެ ކަމަށެވެ. ޝަހީދު ހުސެއިން އާދަމްގެ ހައްގުގައި ކުޅުދުއްފުށީ ރައްޔިތުން އަބަދުވެސް އަޑުއުފުލާނެކަމަށެވެ. ލުތުފީ ދިވެހި ސަރުކާރުގެ ބޮޑު ހަރަދުގައި ހިމާޔަތް ހޯދައިގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ މިރަށު މީހުންވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ލުތުފީއަށް މާފުދިނުމަށާއި މިނިވަންކުރުމަށް ގޮވާލުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށާއި 1988 ވަނައަހަރު 3 ނޮވެމްބަރުގައި ޝަހީދުވި، ޝަހީދުންގެ އާއިލާތަކާއި ގާތްތިމާގެ އަހުންނާއި އުހުތުންގެ މޫނުމަތީގައި ޖަހާތަފާވަރެއްކަމުގައި އާއި އެ ޝަހީދުންނަށް އިންސާފު ލިބެން ޖެހޭކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. އޭނާ ބުނީ މި އެއްވުމަކީ މުޅި ބޮޑުތިލަދުންމައްޗަށް ހުޅުވާލައިގެން ބާއްވާ އެއްވުމެއް ކަމަށާއި މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހިމާޔަތް ހޯދައިގެން ވީއައިޕީގެ ގޮތުގައި އުޅުމަކީ އެއްވެސް ވަރަކަށް ކުޅުދުއްފުށީ ދަރިންނަށް ގަބޫލުކުރެވޭނެ ކަމެއްނޫކަމަށެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ވަނީ ގޮސްފައެވެ. ލުތުފީ އެމްބަސީގައި ހުރިކަން ފުލުހުން ހާމަކުރީ މިދިޔަ ހަފްތާގައި ކަމަށްވާއިރު ގިނަ ދުވަސްތަކެއް ވަންދެން އެކަން ސިއްރުކުރި މައްސަލާގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355