twitterviber whatsapp telegramfacebookyoutube instagram
11th May 2021

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހިދުމަތް މެދުކެނޑިއްޖެ

އިބްރާހިމް ހަމީދު
Jul 4, 2019
4

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަށީގެ ބަލިތަކަށް ދެވޭ ފަރުވާ ހިދުމަތް މިވަގުތު މެދުކެނޑިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

މިކަމާގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލުގައި ކަށީގެ ބަލިތަކަށް ފަރުވާ ދެމުން ގެންދެވީ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން މިވަގުތު ހޮސްޕިޓަލުން ކަށީގެ ބަލިތަކަށް ފަރުވާ ދެވޭނެ ގޮތް މިވަނީ މެދުކެނޑިފަ އެވެ.

"ޖޫންމަހުގެ 29 ވަނަ ދުވަހުވަނީ ކަށީގެ ޑޮކްޓަރު ޗުއްޓީ ނަންގަވާފައި. މިހާރު ކަށީގެ ޑޮކްޓަރެއް ނެތް.މިނިސްޓްރީގައި ދަންނަވާފައި ވާނީ ޑޮކްޓަރު ޗުއްޓީ ނަންގަވާ ވާހަކަ." މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކަށީގެ ޑޮކްޓަރު ޗުއްޓީ ނިމާފައި ނިކުންނަށް ދޮޅުމަހެއްހާ ދުވަސް ހޭދަވާނެކަމަށާއި ކަށީގެ ބަލިތަކުގެ ފަރުވާ މިހާރު ކުރިއަށް މިގެންދަނީ ޑޮކްޓަރެއް ނެތުމުން އޮޕަރޭޝަން ޑޮކްޓަރުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ. ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުންދާ، މި ތިން އަތޮޅުގެ މައި ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލުގައި ދާދި ފަހުން ލޮލުގެ ބަލިތަކުގެ ޑޮކްޓަރު ޗުއްޓީ ނެގުމުން އެ ހިދުމަތްވެސް ވަނީ މެދުކެނޑިފަ އެވެ. އެފަދަ މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ޑޮކްޓަރުން ނުވަތަ އެފަދަ ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ، ސިއްހީ ހިދުމަތްތެރިން ޗުއްޓީއަށް ނުވަތަ ވަޒީފާއަށް ނުނިކުމެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355