twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވުމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޔޫއެސްއޭ ހޯދައިފި

Jul 9, 2019

ވާދަވެރި މެޗަކަށްފަހު ނެދަލޭންޑްސް ބަލިކޮށް ވުމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޔޫއެސްއޭ ހޯދައިފި އެވެ

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕްރާންސްގެ ސްޓޭޑް ދެ ލިއޯންގައި ކުރިއަށް ދިޔަ މި މެޗު ޔޫއެސްއޭ ކާމިޔާބުކުރީ 2-0 ނެދަލޭންޑްސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާްފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު ދެވަނަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޔޫއެސްއޭއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ފޯވާރޑު މޭގަން ރަޕިނޯއީ އެވެ.

މި ޕެނަލްޓީއަކީ ޑަޗުގެ ޑިފެންޑަރު ވެންޑާގްރަޓު ޔޫއެސްއޭގެ ތަރި އެލެކްސް މޯގަންއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ނިންމުން ރެފްރީ ނިންމާފައި ވަނީ ވާރ ޓެކްނޮލޮޖީގެ އެހީގަ އެވެ. އެ ލަނޑު ޖަހާފައިވަނީ މެޗުގެ 61 ވަނަ މިނެޓުގަ އެވެ.

މި ލަނޑާއިއެކު ނެދަލެންޑްސް ކުރިއަށްޖެހި ހަމަލާ އުފައްދަން މަސައްކަތް ކުރިނަމަވެސް ޔޫއެސްއޭގެ މިޑް ފީލްޑަރު ރޯސް ލަވޭލް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ލީޑް ފުޅާކޮށްދީފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 69 މިނެޓުގައި އެވެ.

މިއީ މި މުބާރާތް ޔޫއެސްއޭ ކާމިޔާބު ކުރި 4 ވަނަ ފަހަރެވެ. މިއާއިއެކު ޔޫއެސްއޭ ވެފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫއެސްއޭގެ މޭގަން ރަފީނޯއީ އެވެ. އަދި މުބާރާތުގެ ރަން ބޫޓްވެސް ލިބިފައިވަނީ ރަފީނޯއީ އަށެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ނެދަލެންޑްސްގެ ސާރީވެން ވީނެންޑާލެވެ.

މި މުބާރާތަކީ 1991 ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355