twitterviber whatsapp telegramfacebookyoutube instagram
14th January 2026

ހިރަފުސް ކަޕް: ސާއްބަ އިން ކެޑް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

ޚަދީޖާ އާދަމް
Jul 12, 2019

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ގްރޫޕް ބީގެ ފަހު މެޗުގައި ހަނިމާދޫ ސާއްބަ އެކުވެރިންގެ ކުލަބު ތަފާތު ބޮޑު ނަތީޖާއަކުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުޅި މެޗު އެއްކޮށްހެން ބޯޅަހިފަހައްޓައިގެން ކުޅުނު ސާއްބައިން ކެޑްގެ މައްޗަށް ކުރި ހޯދީ 14-0 ގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 7-0 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ދެވަނަ މިނެޓްގައި ސާއްބަ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ނޫރުއްލޯ ތޯހާ އަދި ހުޒާމް އަބްދުލްރަހީމް ކޮންމެ ކުޅުންތެރިޔަކު ހެޓްރިކް ހެދި އިރު އާސިފް ސަލީމް އަދި މުހައްމަދު މަފާޒް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފަ އެވެ.

ބާކީ 4 ލަނޑު ސާއްބައަށް ކާމިޔާބުކޮށް ދިނީ މުހައްމަދު އަބްދުލްގަފޫރު، ހުސެއިމް ޝަރީފް، އަހުމަދު އަލީ އަދި މުހައްމަދު އަހުމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސާއްބަގެ ހުޒާމް އަަބްދުލްރަހީމެވެ.

މި މެޗުގެ ނަތީޖާއާއެކު ކުޅުނު ތިން މެޗުން މޮޅުވެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސާއްބަ ސެމީ ފައިނަަލަށް ދަތުރުކޮށްފައިވާއިރު ދެވަނަ ޓީމު ގެ ގޮތުގައި ނޮޅިވަރަމްފަރު ލައިކަން ދަތުރުކުރީ ޕޮއިންޓުގެ ގޮތުން ކެޑްއާ އެއްވަރުވެ ފައިދާ ގޯލަށް ބަލާ ކާމިޔާބު ހޯދައިގެންނެވެ.

މާދަމާ ގްރޫޕް އޭގެ ފަހު މެޗުގައި ސްކައި އަދި ޒިގްޒެގް ބައްދަލު ކުރާއިރު ގްރޫޕް އޭއިން ސެމީއަށް ދާ އެއްވެސް ޓީމެއް ފައިނަލެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355