twitterviber whatsapp telegramfacebookyoutube instagram
25th May 2025

މީޑިއާގެ މިނިވަން މާހައުލެއް ފަހިކޮށްދީ ދެމެހެއްޓުމަށް ރާއްޖެއިން އިގުރާރުވެ ސޮއިކޮށްފި

އިބްރާހިމް ހަމީދު
Jul 13, 2019

މީޑިއާއަށް މިނިވަން މާހައުލެއް ފަހިކޮށްދީ ދެމެހެއްޓުމަށް ވެވޭ ބައިނަލް އަގުވާމީ އިގުރާރުގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

އިއްޔެ ލަންޑަނުގައި ކުރިއަށް ދިޔަ ގްލޯބަލް ކޮންފަރަންސް ފޯރ މީޑިއާ ފްރީޑަމްގެ ބައްދަލުވުމުގައި މި އިގުރާރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އެވެ.

ސަރުކާރުތަކުން އެގައުމެއްގެ މީޑިއާގެ މިނިވަންކަން ވަރުގަދަކޮށް، މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ވަކީލުންނާއި ނޫސްވެރިންނާއި ކަމާ ގުޅޭ އެހެނިހެން މާހިރުންނާއި ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ރާއްޖެއިން ސޮއިކުރި އެއްބަސްވުމުގައި އިގުރާރުވެފައެވެ.

ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް އދ އާއި އެކު ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށާއި، އާންމު މަސްލަހަތަށްޓަކައި މަސައްކަތްކުރާ މިނިވަން މީޑިއާތައް ގާއިމުކުރުމަށްވެސްވަނީ އިގުރާރުވެފައިވެއެވެ.

މުޖުތަމައުގެ ސަލާމަތާއި ހަމަޖެހުމާއި ފުދުންތެރިކަމަށްޓަކައި މީޑިއާގެ މިނިވަންކަމުގެ މުހިންމުކަން ހާމަކޮށް އެކަން ކުރިއެރުވުމަށްޓަކައި އިއްތިހާދެއްގެ ގޮތުގައި ބަހާއި އަމަލުން އެކުގައި މަސައްކަތްކުރުމަށް އެއިގުރާރުގައި ވަނީ އެއްބަސްވެވިފަ އެވެ.

މިއީ އިނގިރޭސިވިލާތުގެ ސަރުކާރާއި ކެނެޑާގެ ސަރުކާރު ގުޅިގެން ބޭއްވި، ދެ ދުވަހުގެ ބައްދަލުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355