twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫގައި އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

• ހަނިމާދޫގައި އީދު ފާހަގަކުރަނީ ސާއްބަ އެކުވެރިންގެ ކުލަބުން އިސްނަގައިގެން
• އީދުގެ ފަސް ދުވަހުގެ ކުޅިވަރު ކުޅޭނެ
• މަޝްހޫރު ބޭންޑްތަކުގެ ޝޯތަކުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްދާނެ

ނަބީލާ އިސްމާޢީލް
Jul 14, 2019

މި އަހަރުގެ ބޮޑު އީދު ހަނިމާދޫގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުންދާކަމަށް އެރަށުގައި އީދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފި އެވެ. އެރަށުގައި އީދު ކުޅިވަރުތައް އިންތިޒާމުކުރަނީ ސާއްބަ އެކުވެރި ކުލަބުންނެވެ.

ކޭއޯއަށް މައުލޫމާތުދެމުން ސާއްބަ އެކުވެރި ކުލަބުގެ އިންތިޒާމް ސެކްރެޓަރީ ދާއޫދު ރަޝީދު ބުނި ގޮތުގައި މިފަހަރު ހަނިމާދޫގައި އީދު ކުޅިވަރު ފާހަގަކުރަނީ ހެޕީ މާކެޓްގެ ސްޕޮންސާގެ ދަށުން ސާއްބަ އެކުވެރި ކުލަބް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން ކެތިއަރާ އާއި ހަނިމާދޫ އެންމެހާ ރައްޔިތުން ގުޅިގެން ކަމަށެވެ.

ދާއޫދު ބުނި ގޮތުގައި އީދު ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގެ އީދު ނަމާދަށް ފަހު އީދު ސައި ބޮއިގެނެވެ. ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ވޮލީ، ފިރިހެނުންގެ ބައިބަލާ، ދެ ޖިންސަށް ހާއްސަ މަސް ރޭސް އަދި ވާދެމުން، އީދު ގެނައުން، ރަށުގެ އެންމެން ޝާމިލް ވާގޮތަށް އީދު ކެއުން ކަމަށެވެ. އަދި ޓާސްކް ގޭމްސްގެ އިތުރުން ކުޑަކުދިންގެ ހަވީރާއި މަޝްހޫރު ބޭންޑްތައް ބައިވެރިވާ ސްޓޭޖް ސޯވ އެވެ.

އީދު ފަސް ދުވަހުވެސް ކުޅިވަރުތައް ކުޅޭނެ ކަމަށާއި އަދި ރަށުގެ އެންމެހާ ރައްޔިތުންނާއި ރަށުގެ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ލިބޭނެކަމަށް އޭނާ މައުލޫމާތުދި ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355