16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި ކުޅުދުއްފުށީ ދެ ސްކޫލުން ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ.
މި މުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. ޖަލާލުއްދީން ސްކޫލުން މި މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދިއިރު އަފީފުއްދީން ސްކޫލުން ވަނީ ވާދަކުރި ތިން ކެޓަގަރީން ތިންވަނަ ހާސިލުކޮށްފަ އެވެ.
މި މުބާރާތުގައި ޖަލާލުއްދީން ހޯދި ކާމިޔާބީތައް
- 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން
- 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން (އަލީ ހުސެން / އަހްނަފް އިބްރާހިމް)
- 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން (މަރިޔަމް ނިހާ / އަހުނަފް އިބްރާހިމް)
- 16 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން (އަލީ ޔާސީން ބަސީރު / ސަމްހާ ޖައުފަރު)
- 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން (އަހްނަފް އިބަރާހިމް)
- 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރަނަރަޕްކަން (އަލީ ހުސެން)
- 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތިންވަނަ (އަހުމަދު ނާއިޝް)
- 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ރަނަރަޕްކަން (މަރިޔަމް ނިހާ / ސަމްހާ އަބުދުލް ސައްތާރު)
- 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ރަނަރަޕްކަން (މުހައްމަދު ހުސައިން / އަހުމަދު ނާއިޝް)
- 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ރަނަރަޕްކަން (ސަމްހާ އަބުދުލް ސައްތާރު / އަލީ ހުސައިން)
- 16 އަހަރުން ދަށުގެ މިކްސް ޑަބަލްސް ރަނަރަޕްކަން (އައިޝަތު އިބާ އަހުމަދު / އިހުސާން އަލީ)
- 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ތިންވަނަ (މަރިޔަމް ނިހާ)
- 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ތިންވަނަ (ސަމްހާ އަބްދުލް ސައްތާރު)
- 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތިންވަނަ (މުހައްމަދު ހުސައިން)
އަފީފުއްދީން ސްކޫލުން ހޯދި ކާމިޔާބީތައް
- 14 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތިންވަނަ
- 14 އަހަރުން ދަށުގެ ސިންގަލްސް އޯޕަން އިވެންޓް ތިންވަނަ
- 16 އަހަރުން ދަށުގެ ސިންގަލްސް އޯޕަން އިވެންޓް ތިންވަނަ
ނޯތު އަދި ސެންޓްރަލް ޒޯންގެ ސްކޫލުތަކަށް ހުޅުވާލައިގެން މިމަހު 10-13 އަށް ކުރިއަށްދިޔަ މިމުބާރާތުގައި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި ހަފުތާތެރޭގައި އެވެ.
ޖަލާލުއްދީން ސްކޫލް ދަރިވަރުން އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ހޯދި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދުގެ އެސެމްބުލީ ވަނީ ހާއްސަކޮށްފަ އެވެ.