twitterviber whatsapp telegramfacebookyoutube instagram
21st June 2026

ކާތިކް "ޕަތީ ޕަތްނީ އޯރ ވޯ" ގެ ކާސްޓާ ގުޅިއްޖެ

Jul 20, 2019

ލުކާ ޗުއްޕީގެ ކާމިޔާބަށް ފަހު ކާތިކް މި އަހަރު ޑިސެމްބަރ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ކޮމެޑި ފިލްމު ޕަތީ ޕަތްނީ އޯރ ވޯ ގެ ކާސްޓާ ގުޅިއްޖެ އެެވެ.

މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ މި ފިލްމަކީ 1978 ގައި ހަމަ އެނަމުގައި ނެރުނު ޕަތީ ޕަތްނީ އޯރ ވޯ ފިލްމުގެ ރީމޭކެކެވެ.

ފިލްމުގެ ބަތަލު ޗިންޓޫގެ ރޯލު ކާތިކް ކުޅޭއިރު ބަތަލާއިންގެ ގޮތުގައި ބޫމީ ޕެޑްނޭކަރ އަދި އަނަންޔާ ޕާންޑޭ ފެނިގެން ދާނެ އެވެ.

ބޫމީ ފެނިގެންދާނީ ޗިންޓޫގެ އަންހެނުން ރޯލުންނެވެ. އަދި އަނަންޔާ ކުޅޭނީ ޗިންޓޫގެ ލޯބިވެރިޔާގެ ރޯލެވެ. މީގެ އިތުރުން އަނުޕަން ކޭރު، ނަވްނީ ޕަރިހާ، ރާޖްޕަލް ޔާދޭވް އަދި ޖޯނީ ލިވާ މުހައްމު ރޯލުތަކުން ފެނިގެން ދާނެއެވެ.

މި ފިލްމުގެ ސޫޓިން ކުރިއަށްދަނީ ލަކްނޯގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355