twitterviber whatsapp telegramfacebookyoutube instagram
25th May 2025

މޯލްޑިވްސް އެޗްއާރު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 21, 2019

ހިއުމަން ރިސޯސްގެ ދާއިރާއިން އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ "މޯލްޑިވްސް އެޗްއާރު އެވޯޑްސް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މި އިވެންޓް އިންތިޒާމްކުރާ އެޗްއާރު މޯލްޑިވްސްއިން ބުނީ އެޗްއާރު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ނަންހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.

އެޗްއާރު ދާއިރާއިންދޭ މި އެވޯޑް ކުންފުނިތަކަށާއި ވަކި ފަރުދުންނަށްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުންފުނިތަކުގެ ބައިން ޖުމްލަ 9 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަކި ފަރުދުންގެ ބައިން 6 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްއާރު އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ މާރކްސްއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށެވެ. މިއަހަރުގެ ޖަޖިންގ ޕެނަލްގައި ހިމެނެނީ 4 ފަރާތެކެވެ. އޭގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝާހީންއާއި، ޕޯކަސް އެޑިޔުކޭޝަން ސެންޓަރުގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ ޕަލަންލިޔައްޕަ މުތުރަމަންއާއި، ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސާރވިސް އާތިފާ އަލީގެ އިތުރުން އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ އިބްރާހިމް ލަތީފެވެ.

މިއީ "އެޗްއާރު އެވޯޑްސް" ބާއްވާ 2 ވަނަ ފަހަރެވެ. އެޗް.އާރު މޯލްޑިވްސްއިން ވަނީ މީގެ ކުރިން "ފިފްޓީ މޯސްޓް ޓެލެންޓެޑް ލީޑާސް އެވްޑްސް" ގެ ނަމުގައިވެސް އެވޯޑެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355