twitterviber whatsapp telegramfacebookyoutube instagram
5th August 2026

މޫސުން ގޯސްވެ ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތައް ދަތުރު ފަށައިފި

ޚަދީޖާ އާދަމް
Jul 24, 2019
1

މޫސުން ގޯސްވެ ހާލުގައި ޖެހިގެން ކުޅުދުއްފުއްޓަށް ގެނައި ލަންކާގެ 7 މަސްބޯޓު ރާއްޖޭގެ ކަނޑުން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް ކޯސްގާރޑުގެ އެހީތެރިކަމަށް އެދުނު ލަންކާގެ މަސްބޯޓްތައް ކަމާ ގުޅުން ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ހުއްދައާއެކު އެމްއެންޑީއެފް ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވައްދާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ކުޅުދުއްފުށީ ބަނދަރުގައި ބޯޓުތައް ބާއްވާފައިވަނީ އެމްއެންޑީއެފް އާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލަންކާގެ މަސް ބޯޓުތަކަށް ދިނީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުމުންނެވެ.

އެގޮތުން މިއަދު މެންދުރުފަހު 2:30 ހާއިރު އެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުކުމެވޭނެއެވެ.

އެ ބޯޓުތައް ރާއްޖެއިން ބޭރަށް ދިއުމުގެ ދަތުރު ކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355