twitterviber whatsapp telegramfacebookyoutube instagram
3rd May 2024

54 ވަނަ މިނިވަން ދުވަހު ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި

އިބްރާހިމް ހަމީދު
Jul 26, 2019

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ ދަރުބާރުގޭގައި ބާއްވަވައިފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙަންމަދު ނަޝީދާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިންނާއި ދިވެހި ސިފައިންނާއި ފުލުހުންނާއި އިސްމަގާމުތަކުގައި ތިއްބަވާ ގިނަ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރު ރާއްޖޭ މިނިވަން ކަމަށް 54 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ގިނަހަރަކާތް ތަކެއް މާލޭގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ހެވިކަމުގެ ކުޅިވަރާއި ފުޅަނދު ބުރުގެ އިތުރުން ދިވެހި އަސްކަރިއްޔާއާއި ސްކޫލް ކުދީންގެ ޕެރޭޑްގެ ހަރަކާތް ތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މީލާދީ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައިއެވެ . އެގޮތުން މިއަދު ފާހަގަ ކުރަމުން މިދަނީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހެވެ. ރާއްޖެއަށް މިނިވަން ކަން ލިބުނީ 26 ޖުލައި 1965 ވަނައަހަރުއެވެ .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355