twitterviber whatsapp telegramfacebookyoutube instagram
23rd April 2024

11 ވަނަ އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަނީ

Jul 27, 2019

2023 ގައި އޮންނަ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ރަސްމީކޮށް ލިބިއްޖެ އެވެ.

އައިއޯއައިޖީ ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް ހުށަހެޅި ބިޑް ކާމިޔާބްކޮށް އެ ފުރުސަތު ރާއްޖެ އަށް ލިބުނުކަން އިއުލާން ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައެވެ.

މިއަހަރުގެ އައިއޯއައިޖީ ބާއްވަމުން އަންނަ މޮރީޝަސްގެ އިންޓަކޮންޓިނެންޓަލް ހޮޓަލްގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހެނދުނު ބޭއްވި ބިޑު ހުށަހެޅުމުގެ ހަފްލާގައި މި މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއިން ބިޑު ހުށައެޅި އިރު މަޑަގަސްކާ އަދި ކޮމޮރޮސްއިންވެސް ވަނީ ރަސްމީކޮށް ބިޑު ހުށަހެޅިއެވެ.

ޓްވީޓުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ބާއްވާ ގޭމްސްގައި ބައިވެރިވާ ގައުމުތަކަށް ވެސް ރަނގަޅު މެހެމާންދާރީއެއް ދެއްވާނެ ކަމަށެވެ. ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރި ކަމެކެވެ.

ރާއްޖޭގެ ފަރާތުން އައިއޯއައިޖީގެ ބިޑު ހުށަހަޅުއްވައި ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްއެވެ. އެގޮތުން ރާއްޖޭގެ ބިޑު ހުށަހަޅުއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކާ ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލު ޖެހީ މި މުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރު މަހުލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ގޭމްސްގައި ވާދަކުރާ ހަތަރު ގައުމަކަށް ދާދި ފަހުން ވަޑައިގެން އެ ގައުމުތަކުގެ ރައީސުންނާއި ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކޮށް އެގައުމުތަކުގެ ކުޅިވަރުގެ ހާލަތުވެސް ދެނެގެންފައެވެ.

ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގަތް ހާލަތު ބަލައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355