twitterviber whatsapp telegramfacebookyoutube instagram
21st June 2026

ޖޭއެސްސީގެ ވަކީލުންގެ މެންބަރަކަށް މާނިއު

Jul 27, 2019

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އަބްދުލް މާނިއު ހުސައިން ކާމިޔާބު ކުރައްވައިފި އެވެ.

ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓު ދެއްވި އެވެ. އޭގެ ތެރެއިން ހއ އިހަވަންދޫއަށް ނިސްބަތްވާ މާނިއުއަށް ލިބިވަޑައިގަތީ 199 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓެވެ.

މި އިންތިހާބުގައި ވާދަކުރެއްވި ހަނީފާ ހާލިދަށް 27 ލިބިވަޑައިގަތް އިރު ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ލިބިވަޑައިގަތީ 37 ވޯޓެވެ.

މީގެ ކުރިން، ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނެވީ ލަތީފާ ގާސިމެވެ. އަލަށް ތަސްދީގު ކުރި ގާނޫނީ ފަންނުގެ ބިލާއެކު އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ.މިއީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވަކީލުން ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލް އުފެދުނު ފަހުން އެ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންތިހާބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355