twitterviber whatsapp telegramfacebookyoutube instagram
20th February 2026

ހަނިމާދޫގައި ފުރަތަމަ ފަހަރަށް ކެޑޭޓް ރޫޓްމާޗެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Jul 28, 2019
1

ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހދ.ހަނިމާދޫ ސްކޫލުގެ ކެޑޭޓުން ރޫޓް މާޗެއް ކުރިއަށް ގެންގޮސްފި އެވެ. މިއީ އެރަށުގައި ކުރިއަށްގެންދިޔަ ފުރަތަމަ ކެޑޭޓް ރޫޓްމާޗެވެ.

މި ރޫޓް މާޗް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 16:15 ގައި ހަނިމާދޫގެ ބޮޑެތި މަގުތަކުގައެވެ. އަދި ތިން ތަނަކަށް ހުއްޓާފައިވެ އެވެ. މި ރޫޓްމާޗް ބަލާލުމަށް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެފަ އެވެ.

މި ރޫޓް މާޗާ ބެހޭގޮތުން ވާހަކަދައްކަވަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބުދުލް މުހުސިން ވިދާޅުވީ މި ރޫޓް މާޗްގައި ދަރިވަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލަ ދީފައިވާކަމަށެވެ. މިހަރަކާތް ވަރަށް ކާމިޔާބުކަމަށެވެ.

މުހުސިން ވިދާޅުވީ މި ހަރަކާތް ކުރިއަށްދިޔަ ވަގުތު ފުލުހުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނުކަމަށާއި، މި ފަދަ ކޮންމެ ހަރަކާތެއްގައިވެސް ބެލެނިވެރިން، އަދި އާންމު ރައްޔިތުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުންނާއި މުއައްސަސާތަކުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބޭކަމަށެވެ.

ހަނިމާދޫ ސްކޫލުގައި ކެޑޭޓް އުފެދިފައިވަނީ މިދިޔަ އަހަރުގެ 3 އޯގަސްޓްގައެވެ މިހަރަކާތުގައި ބައިވެރިވެފައިވަނީ 87 ކެޑޭޓުންނެވެ. އެއީ ސީނިއަރ 20 ކެޑޭޓުންނާއި 67 ޖޫނިއަރ ކެޑޭޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355