twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އޭއީސީގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސްތަކުގައި އޭސީ ހަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 28, 2019

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސްތައް (ސަންޝައިން) އޭސީ ހަރުކޮށްފި އެވެ. އެ ސްކޫލުގައި ކިޔަވައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިހާރު ހާއްސަކޮށްފައިވަނީ ކުރީގެ ރިސޯސް ސެންޓަރެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހަރަދުގައި ހިންގި މި މަޝްރޫއުގެ ދަށުން އެތަނުގައި ތިން އޭސީ ވަނީ ހަރުކޮށްފަ އެވެ. އެތަނަކީ ތިން ކުލާސް ރޫމަށް ވާގޮތަށް ހުންނަ އިމާރާތެކެވެ.

ކޭއޯއާ ވާހަކަދެއްކި ސަންޝައިން ކުލާހުގެ ބައެއް ބެލެނިވެރިން ބުނީ އެކުލާސްތަކުގައި އޭސީ ހަރުކުރެވިގެންދިޔުމަކީ އެތަނުގެ ބޭނުން ހިފާ ކުދިންނަށް ފަސޭހަވެގެންދާނެކަމަށެއް ކަމަށެވެ. ބައެއް ކުދިންނަކީ އަބަދު ހޫނުވެފައި ތިބޭ ކުދިންނަށްވާއިރު އޭސީ ހަރުކުރުމުގެ ސަބަބުން އެ ކުދިންގެ އެ ޝަކުވާއަށް ނިންމުން އައީ ކަމަށެވެ.

"މިކުދިންނަކީ އެހެން ކުދިންނާ ތަފާތުކޮށް ހާއްސަ އަޅާލުންތަކެއް ދީގެން ގެންގުޅެންޖެހޭ ކުދިން. ބައެއް ކުދިން އުޅޭނެ ވަރަށް ހޫނުވާ ކުދިންވެސް އެކުދިން ހޫނު ވާތި ބައެއް ފަހަރު ވަރަށް ޝަކުވާކޮށް ހަދާ." ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނީ މިއީ ކުދިންނަށް ލިބުނު ހިތްހަމަޖެހުންކަމަށާއި މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ މާހައުލުގައި ކުދިން ގެންގުޅެން ފަސޭހަވެގެންދާނެކަމަށް ދެކޭ ކަމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ އެހީއަށް ބޭނުންވާ 40 ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355